ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ވެރިކަމެއްގައި މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި ފަހުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވި ހެއްކާއި ބެހޭ ބިލަށް ގެނެވުނު އިސްލާހުގައިވާ، މަސްދަރު ހާމަކުރަންޖެހޭ މާއްދާ ޕީޕީއެމްގެ ސަރުކާރެއްގައި އުވާލާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ، ރައްޔިތުންގެ މަޖިލީހުގެ މަޑުވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ގިނަ ނޫސްވެރިންތަކެއްގެ އިތުރުން އެހެނެް ފަރާތްތަކުގެވެސް ކަންބޮޑުވުން އޮތް މި ބިލް ފާސްކުރެވިގެންދިޔައީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުޣުނީ ހެއްކާއި ބެހޭ ބިލެއް ހުށަހަޅާފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމަށް ކަމަށް ބުނެ އެވެ. 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން ކޯޓުގައި ކުރިޔަށް ދާ ބޮޑެތި މައްސަލަތައް ގާނޫނީ އިޖުރާއަތްތަކުގެ ސަބަބުން ބޭރުކޮށްފައި އެބަހުއްޓެވެ.

މުޣްނީ ހުށަހަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގައި 151 މާއްދާ ހިމެނޭއިރު، އޭގެ ތެރޭގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. މި ބިލުގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރަން ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާ އާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވެއެވެ.

މި ބިލު ފާސްކުރުމާއި ގުޅިގެން ނޫސްވެރިން ވަނީ އިހްތިޖާޖްވެސް ކޮށްފައެވެ.

ކަން މިހެން އޮތްއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގައި ސަރުކާރުން ބުނުމާއިއެކު ގިނަ ބަޔެެއްގެ ފާޑުކިޔުން އަނެއްކާވެސް ވަނީ އަމާޒުވެފައެވެ. މި ދަނޑިވަޅުގައި ޓްވީޓެއްކުރައްވާ އާދަމް ޝަރީފް ވިދާޅުވެފައިވަނީ މަސްދަރު ހާމަކުރާ ބިލް ސަރުކާރުން ތަސްދީގު ކުރުމަށްފަހު މިހާރު ދައްކަނީ ބަހަނާކަމަށެވެ. އަދި ނޫސްވެރިންނަށް ހުރި ބިރުވެރިކަމާއި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށް އާދަމް ޝަރީފްގެ ޓްވީޓުގައިވެއެވެ.

މީގެ އިތުރުން ޓްވީޓުގައި ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ހެއްކާއިބެހޭ ގާނޫނުގެ މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: