ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ޖައްވަށް ވަނީ އަޅުވެތިކަމުގެ ތަޢައްޔަރުކަން ވެރިވެފައި: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި/ ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

57 ވަނަ މިނިވަން ދުވަހާއި ގައުމު ކުރިމަތިލީއިރު، މިނިވަން ޖައްވަށް ވަނީ އަޅުވެތިކަމުގެ ތަޢައްޔަރުކަން ވެރިވެފައިކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ މިނިވަންކަމަތީ އޮންނަތާ 57 އަހަރުފުރުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ގިން ބަޔަކު ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ނެތްކަމުގެ ވާހަކައެވެ. ގައުމު އޮތީ އަޅުވެތިވެ ބައެއްގެ ދަށުވެފައިކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެގޮތުން އިދިކޮޅުގެ ގިނަ ފަރާތްތަކުން އަންނަނީ ސަރުޚާރަށް ފާޑު ވިދާޅުވުން އަމާޒުކޮށް ދުވަހާއި ބެހޭ ޓްވީޓްތައް ކުރައްވަމުންނެވެ. ޝިޔާމްވެސް ޓްވީޓެއް ކުރައްވާ ގައުމު އޮތީ އަޅުވެތިކަމުގައި ތަޢައްޔަރުވެފައިކަމަށް ވިދާޅުވެފައެވެ.

ޓްވީޓުގައި ވަނީ ރައްޔިތުންގެ އިތުބާތަށްވުރެންވެސް ބޮޑަށް ގައުމުގެ އިތުބާރު ވެރިންނަށް ގެލިފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވަނީ މި ސަރުކާރުން ހަރަދުކުރުމަށްޓަކައިކަމަށް ބުނެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަނުކުރުމަށް ނިންމާފައިވާތީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިނިވަން ދުވަސް ކުލ ަގަދަކޮށް ފާހަގަނުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަމިއްލައަށްވެސް ގައުމުގެ މިނިވަންކަން ނެތްކަން ގަބޫލުކުރައްވާތީކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން އާދަމް ޝަރީފް ވަނީ އެވާހަކަތައް އެއްބާރުލުން ދެއްވާ ޓްވީޓެއްކުރައްވާފައެވެ.

ޓްވީޓުގައި ވަނީ މިއަދުގެ ސަރުކާރުން ގައުމުގެ ސިޔާދަތީ ބާރުތައް ވިއްކާލިކަމަށް ތުހުމަތުކުރައްވާ އެފަދަ ބަޔަކު ގައުމުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރާނެކަމަށާއި، ދައްކާނީ ހުސް ބަހަނާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ ގައުމުގެ މިނިވަންކަން ހޯދުމަށްޓަކައި ރައްޔިތުން އަތާ އަތުގުޅާލައިގެން ވަރުގަދަ ޖިހާތެއްކުރަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: