ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުގައި ލިބުނު ޖިންސީ އަނިޔާގެ މައްސަލަ ބަލަން ގޮވާލައި މަޖިލީހަށް!

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ ގޯނާ ކުރުން އާއްމުވެފައިވާއިރު، ގަލޮޅު މަދުރަސާގެ 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފެންމަތިވުމާއި އެކު މައްސަލައިގެ ފުރިހަމަ ތަހުގީގު ކުރިއަށްގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް. އަބްދުﷲ ޝިޔާމު ހުށައެޅި މި މައްސަލައިގައި، ޖިންސީ އަނިޔާގެ މައްސަލަތަކަށް ފިޔަވަޅު އެޅުމަށާއި، ސްކޫލުތަކުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް ގޮވާލާފައިވެއެވެ.

މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި، ގަލޮޅު މަދުރަސާގައި ހިނގައި ދިޔަ ހާދިސާ އާއި މެދު ކަންބޮޑުވުން ފާޅުކޮށް، މަދުރަސާއިން ކަންތައް ުރި ގޮތާއި މެދު ފާޑުކިޔައިފައިވެއެވެ.

އެގޮތުން ދަރިވަރުގެ މައްސަލާގައި ސްކޫލުން ކަން ކޮށްފައިވަނީ ޒިންމާދާރު ކުޑަ ގޮތަކަށް ކަމަށާއި، އަދިވެސް މަސައްކަތް ކުރަނީ މައްސަލައިން ރެކެވޭތޯ ކަމަށް މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޝިޔާމް ހުށަހަޅާފައިވަނީ ކަން މިހެން ހިނގައި ދިޔުމުގެ އެންެ ބޮޑު ސަބަބަކީ ސްކޫލުގައި ކެމެރާ ނެތުންކަމަށާއި އެދަރިވަރާއި ހަވާލުވެގެންހުރި ޓީޗަރުގެ ފަރުވާ ކުޑަ ކަުން ކަމުގައެވެ.

އެތައް ހާސް ދަރިވަރުންތަކެއް ކިޔަވަންދާ ސްކޫލެއްގައި މިފަދަ ހާދިސާއެއް ހިނގައި ދިއުމަކީ އެސްކޫލެއްގެ މައްޗަށް އޮންނަ ބެލެނިވެރިންގެ ޔަގީންކަން ގެއްލި ނުރައްކާތެރި މާހައުލެއްގެ ގޮތުގައި ސްކޫލު މާހައުލު ކަނޑައެޅިގެންދާފަދަ ކަމެކެވެ.

ގަލޮޅު މަދުރަސާގައި ހިންގައި ދިޔަ ހާދިސާގައި އެޑިއުކޭޝަން މިނިސްޓްރީންވެސް އަދި ޖެންޑަރ މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްކުރެވޭ ކަމަށްވެސް ޝިޔާމު ބަޔާންކޮށްފައިވެއެވެ.

ހިނގައި ދިޔަ ހާދިސާ އަކީ އެތައް ދަރިވަރުންތަކަށާއި، އަންނަން އޮތް ޖީލަށް އަސަރު ކުރާނެ ކަމަކަށް ވުމާއި އެކު، މައްސަލަ ފުރިހަމަ ގޮތުގައި ތަހުގީގުކޮށް، ފިޔަވަޅު އަޅައި، ސްކޫލު ާހައުލަކީ ރައްކާތެރި މާހައުލެއްގެ ގޮތުގައި ހެދުމަށް އަބްދުﷲ ޝިޔާމު ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: