ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ރައީސް ޔާމީނަކީ ބިނާކުރުވަނި ފިކުރެއް، އެމްޑީޕީ ނަޝީދަކީ ފަނާކުރުވަނި ފިކުރު!

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ ،މެމްބަރު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ގައުމަށް ބޭނުންވާ ރަނގަޅު ފިކުރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅުކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަކީ ފަނާކުރުވަނި ފިކުރެއްކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ގައުމުގެ ހާލަތު ގޮސްފައި ވާ ހިސާބަކީ، ގައުމު ސަލާމަތް ކުރުމަށް ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ހިޔާލަށް ވެސް ރައީސް ޔާމީންގެ ހިދުމަތްތައް އައުން ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ވާހަކަ ވެސް ދެއްކުން ކަމަށެވެ. ސަރުކާރު ހިންގުމުގައި އާއި ގައުމު ބިނާ ކުރުމުގައި ރައީސް ޔާމީންގެ އެހީ ބޭނުންވާކަމަށް ރައީސް ނަޝީދު ފާޅުގައި ވިދާޅުވާންޖެހުނީ އެ ސަބަބާއި ހުރެކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ޕީޕިއެމްއިން ޑީލެއް ހަދައިގެން ސިޔާސީ މައިދާނުން ކުރިޔަށްދާނެކަމަށް ގަބޫލު ކުރެވޭނަމަ އެއީ ކުށްހީއެއް ކަމަށެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ، އެއީ ނުހައްގުން އިއްވާފައިވާ ހުކުމެއްގެ ގޮތުގައި ރައީސް ނަޝީދު ވެސް ގަބޫލު ކުރާއިރު ނެގޯޓިއޭޓުތަކެއްކޮށް ރައީސް ޔާމީން މިނިވަންކޮށްދޭން އެދެންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ފިކުރުގެ ގޮތުގައި ސިފަ ކުރައްވައި ޝިޔާމް ވިދާޅުވީ، އެއީ ރައީސް ޔާމީންގެ ވިސްނުންފުޅުކަމަށެވެ. މި ގައުމަށް ބޭނުންވާ ހަގީގީ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ޕާޓީން ކުރިޔަށް ދަން ބޭނުންވަނީ ސާފު މަގަކުންކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

“މި ޕާޓިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރާކަމެއް ވެއްޖެއްޔާ މި ކުރަނީ… އަޅުގަނޑުމެން ފޮރުވައިގެން އަޑިއަޑީން ކުރާނެކަމެއް ނުހުންނާނެ..” ޝިޔާމް

ޝިޔާމް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ރައީސް ޔާމީން ފެންނާނީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި، ގަވައިދުތަކަށް ބޯލަނބައި ކިޔަމަންވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ވެރިކަމުގެ ދައުރުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ވެސް ރައީސް ޔާމީންގެ ހުރި ތަފާތުކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ އެމަނިކުފާނު ގާނޫނުތަކަށް އިހުތިރާމް ކުރެއްވުން ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީނަކީ އެއީ ތަހުގީގަށް ފެށުނީއްސުރެން އެއްބާރުލުން ދެއްވި ބޭފުޅެއްކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

ޕީޕީއެމަކީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީ ނުދަންނަ ކަންތަކުގެ ތެރެއަށް ވަންނާނެ ޕާޓީއެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން ލަދު ނުގަނެ، ރައީސް ޔާމީންގެ ލަފާ ހޯއްދެވުމަށް ޝިޔާމް ގޮވާލެއްވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަކީ ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ސިޔާސަތާއި ރައީސް ޔާމީންގެ ސިޔާސަތު ވަރަށް ތަފާތުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: