ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ލިބުނީ ރައީސް ސޯލިހަށް، ފާސިގުން ހެކިންގެ ގޮތުގައި ބޭނުން ކުރަނީ އެހެންވެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ހުކުމެއް އައިސްފައި ހުރި ބޭފުޅަކަށް ހާއްސަ ލުއިތަކެއް ދީ ގޭ ބަންދުގައި ބަހެއްޓުމަކީ އެއީ އެމަނިކުފާނަށް އެ ފައިސާ ލިބުނުކަމުގެ ހެއްކެއްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހުކުމް އިއްވުމުން އިދިކޮޅުން މީޑިއާތަކާއި ބައްދަލު ކުރައްވައި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕްއިން ބުނީ މިއީ ނުހައްގު ހުކުމެއްކަމަށާއޮ، ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ.

ރޭގެ އިހުތިޖާޖުގެ ތެރެއިން “ސަންގު” އަށް ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ހުކުމް ކުރުމުގެ މަޖިލިސް މިއަދުގެ ހެނދުނު 09:00 އަށް ތާވަލު ކުރުމަށް ފަހު 12:00 ޖެހުމާއި ގާތްވެފައި ވަނިކޮށް ފެށީ ވެސް އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ. މިއީ ސަރުކާރާއި، އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެފައިވާ މައްސަލައެއްކަމަށާއި ދައުލތުން ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމް ބޮޑު ކުރުމަށް އެދުނީ އިންޑިއާގެ އެންގުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމް އިދިކޮޅުން ބަލައިނުގަންނަކަމަށެވެ.

ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވައިގެން، އިންތިހާބު ކާމިޔާބު ކުރެވިދާނެކަމަށް ނުވަތަ ސިޔާސީ މައިދާނުން ކުރިޔަށް ދާން ފުރުސަތެއް ލިބިދާނެކަމަށް ގަބޫލު ކުރެވުނަސް އެއީ އަދި ކުށްހީއެއްކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ކިތަންމެ ބޮޑު ހުކުމެއް އިއްވި ނަމަވެސް އެމަނިކުފާނަކީ ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓެއްކަމަށެވެ. އަދި އިތުރު އެހެން ކެނޑިޑޭޓަކަށް ސަޕޯޓެއް ނުލިބޭނެކަމަށާއި، 2023 ގެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނަށް އިނާޔަތްތައް ދީފައިވާކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، މައްސަލައިގައި ހުކުމެއް އައިސްފައިވާ މީހެއް ނަމަވެސް ސަރުކާރުން އޭނާއަށް ލުއިތަކެއް ދެމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިޔަނާތުގެ ފައިސާ ލިބިފައި ހުރި ބޭފުޅަކަށް ވާތީކަމަށް ޝިޔާމް ވިދާޅުވި އެވެ.

”ފާސިގުން އެއީ، މީގެ ކުރިން ހަމަ އެމްއެމްޕީއާރުސީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އޮތީ ކަނޑައަޅާފައި އެ މީހުން ހެކިންގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް. އެ މީހުންނަކީ އެއީ ފާސިގުންކަމަށް ސުޕްރީމް ކޯޓުން އެއޮތީ ކަނޑައަޅާފައި.. އަނެއްކާވެސް ދަށު ކޯޓަށް މައްސަލައެއް ވައްދައިގެން މި މީހުން އެއޮތީ އަނެއްކާވެސް ރައީސް ޔާމީންގެ މައްޗަށް ހުކުމެއްކޮށްފައި“ ޝިޔާމް

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު އެއްވެސް މިންވަރަކަށް ސަރުކާރަށް ކުރިޔަށް ގެންދެވިފައިނުވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތަހުގީގެއް އަދި އެ ތަހުގީގުގެ މައްޗަށް ކުރެވުނު ދައުވާއެއް ބާތިލުވާނެ ކަމަށެވެ.

މިއީ ހަމައެކަނި އިދިކޮޅުން ދައްކާ ވާހަކަތަކެއް ނޫންކަން ފާހަގަކޮށް، ޝިޔާމް ވިދާޅުވީ މިއަދު އެމްޑީޕީގެ ރައީސްގެ ވެސް ކަންބޮޑުވުމަކީ ސަރުކާރަށް އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ނުކުރެވުން ކަމަށެވެ. ރައީސް ނަޝީދަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި ލީޑަރަށްވާއިރު އެމަނިކުފާނު ވެސް ތަކުރާރުކޮށް އެމްއެމްޕީއާރުސީގެ އެއްވެސް ތަހުގީގެއް ސަރުކާރަށް ކުރިޔަށް ނުގެންދެވޭކަމަށް ވިދާޅުވެފައިވާކަން ޝިޔާމް ފާހަގަކުރި އެވެ.

ރައީސް ސޯލިހަށް އެ މަސައްކަތް ނުކުރެވޭނެކަމަށާއި، ހިޔާނާތުގެ ހުކުމެއްގައި ހުރި ބޭފުޅަކު ގޭގައި ބަހައްޓައި ދައުލަތުން ދޭ ލުއިތަކާއި އެކު ހޯދޭނެ އެއްވެސް އިންސާފެއް ނެތްކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެކަމާއި ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކީ އެއީ ކުށްވެރިއަކަށް ހެދި ނަމަވެސް ފެންނަ މަންޒަރުތަކުން ކާޕެޓު ރޯލުތަކާއި އެންމެ އާދައިގެ ކުދިކުދި ސާމާނުތަކުން ވެސް މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވައްކަން ކުރާކަން ހާމަވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އިދިކޮޅުން ބުނީ، ޖަލު ހުކުމެއް އައި ނަމަވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: