57 ވަނަ މިނިވަން ދުވަހާއި ގައުމު ކުރިމަތިލީއިރު، މިނިވަން ޖައްވަށް ވަނީ އަޅުވެތިކަމުގެ ތަޢައްޔަރުކަން ވެރިވެފައިކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ މިނިވަންކަމަތީ އޮންނަތާ 57 އަހަރުފުރުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ގިން ބަޔަކު ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ނެތްކަމުގެ ވާހަކައެވެ. ގައުމު އޮތީ އަޅުވެތިވެ ބައެއްގެ ދަށުވެފައިކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން އިދިކޮޅުގެ ގިނަ ފަރާތްތަކުން އަންނަނީ ސަރުޚާރަށް ފާޑު ވިދާޅުވުން އަމާޒުކޮށް ދުވަހާއި ބެހޭ ޓްވީޓްތައް ކުރައްވަމުންނެވެ. ޝިޔާމްވެސް ޓްވީޓެއް ކުރައްވާ ގައުމު އޮތީ އަޅުވެތިކަމުގައި ތަޢައްޔަރުވެފައިކަމަށް ވިދާޅުވެފައެވެ.
57 ވަނަ މިނިވަން ދުވަހާ ޤައުމު ކުރިމަތިލީއިރު އަޅުވެތިކަމެއްގެ ތަޣައްޔަރުކަން މިނިވަން ޖައްވަށް މިވަނީ ވެރިވެފައި. ރައްޔިތުންގެ އިތުބާރަށްވުރެންވެސް ބޮޑަށް ޤައުމުގެ އިތުބާރު މިވަނީ ވެރިންނަށް ގެއްލިފައި. يا الله މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން pic.twitter.com/jIhsZTnmmV
— Ahmed Shiyam (@Shiyamaldives) July 26, 2022
ޓްވީޓުގައި ވަނީ ރައްޔިތުންގެ އިތުބާތަށްވުރެންވެސް ބޮޑަށް ގައުމުގެ އިތުބާރު ވެރިންނަށް ގެލިފައިވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވަނީ މި ސަރުކާރުން ހަރަދުކުރުމަށްޓަކައިކަމަށް ބުނެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަނުކުރުމަށް ނިންމާފައިވާތީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިނިވަން ދުވަސް ކުލ ަގަދަކޮށް ފާހަގަނުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަމިއްލައަށްވެސް ގައުމުގެ މިނިވަންކަން ނެތްކަން ގަބޫލުކުރައްވާތީކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން އާދަމް ޝަރީފް ވަނީ އެވާހަކަތައް އެއްބާރުލުން ދެއްވާ ޓްވީޓެއްކުރައްވާފައެވެ.
ޓްވީޓުގައި ވަނީ މިއަދުގެ ސަރުކާރުން ގައުމުގެ ސިޔާދަތީ ބާރުތައް ވިއްކާލިކަމަށް ތުހުމަތުކުރައްވާ އެފަދަ ބަޔަކު ގައުމުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރާނެކަމަށާއި، ދައްކާނީ ހުސް ބަހަނާކަމަށެވެ.
Qaumuge siyaadhathee baaruthah vikkaali bayaku qaumuge minivandhuvas kula gadhakoh faahaga nukuraane! Qaumiyyatheh nudhiruvaane! Dhakkaanee hus bahanaa!
Qaumuge minivankan hoadhumattakai rayyithun athaa-athugulhaalai varugadha jihaadheh kuranjehey! https://t.co/f6uODcW4PR pic.twitter.com/7Uo4KiLzZl— Adam Shareef Umar (@Adamshareefz) July 25, 2022
އާދަމް ޝަރީފް ވިދާޅުވެފައިވަނީ ގައުމުގެ މިނިވަންކަން ހޯދުމަށްޓަކައި ރައްޔިތުން އަތާ އަތުގުޅާލައިގެން ވަރުގަދަ ޖިހާތެއްކުރަންޖެހޭކަމަށެވެ.
One Response
ވެރިނުވަނީ ކޯއްޗެއް