ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުތައް ކުޑަ ކުރުމަށް އަންގާފައި ވަނިކޮށް ރައީސް ނަޝީދާއި، ޝައުނާ، ނަހުލާ، ޑރ. ހަސަން ރާއްޖެއިން ބޭރުގައި!

ރާއްޖެއިން ބޭރުގައި ތިއްބެވި ބައެއް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައި ވީ ނަމަވެސް ދައުލަތުގެ ވަޒީރުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި މެދު އެއްވެސް ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަ ކުރެވިއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލާތު ދަށްވެ، ބޮޑެތި ހަރަދުތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ވީ ނަމަވެސް ދައުލަތުގެ އެކި އިދާރާތްތަކަށް ސިޔާސީ ފަރާތްތައް އައްޔަނު ކުރުމާއި ވަޒީރުންނާއި، އެ އިދާރާއެއްގެ އިސް ވެރިން ކުރާ ދަތުރުތަކަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ. އެގޮތުން ދާދިފަހުން ވެސް ސަރުކާރުން ވަނީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ސިޔާސީ މަގާމެއް ދީފަ އެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުންފުންޏަކަށް ވެސް އެމްޑީޕީއާއި ގުޅުން އޮތް މީހަކު އައްޔަނުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.

ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި، އަދި އިސް ފަރާތްތައް ކުރާ ދަތުރުތައް މަޑުޖައްސާލައި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ބުނި ނަމަވެސް އެންމެ ގިނައިން ދަތުރު ކުރައްވާ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ނަހުލާ ފާހަގަ ކުރެވިފައި ވަނީ އެންމެ ބޮޑު ހަރަދުތަކެއް ކުރައްވައި، ދަތުރު ކުރައްވާ މިނިސްޓަރުގެ ގޮތުގަ އެވެ.

ހަރަދުތައް ކުޑަކުރަން އަންގާފައިވަނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ނިއުޔޯކްއަށް ވަޑައިގެންނެވީ، ހައިލެވެލް މީޓިން (އެޗްއެލްއެމް) އޮން ގްލޯބަލް ރޯޑް ސޭފްޓީގައި ބައިވެރިވުމަށެވެ.

ޝައުނާ ހުންނެވީ އެމެރިކާގަ އެވެ. ނަމަވެސް މިއީ ކޮންކަމަކާއި ގުޅޭ ދަތުރެއްކަން ސާފެއް ނޫނެވެ. ޝައުނާ މި މަހު ކުރީކޮޅު ވެސް ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.

އެނގިފައިވާ ގޮތުގައި މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ މިނިސްޓަރުންގެ ތެރޭގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ހިމެނެ އެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްގަ އެވެ. މިމަހުގެ 22 އިން 28 ގެ ނިޔަލަށް ރަައީސް ނަޝީދު ސީޝެލްސްއަށް ދަތުރުކުރައްވަނީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށެވެ. މިދަތުރުފުޅަށް ހަރަދު ކުރަނީ ކޮންތަނަކުންކަން ސާފެއް ނޫނެވެ.

އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ރައީސް އޮފީހުގެ މީޑިއާ ޓީމާއި، އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރުމަށް ނިންމައި އެކަން ސަރުކާރުން އިއުލާނުކޮށްފައިވާއިރު އެންމެ ފަހުން ރައީސް އޮފީހުގައި ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް އަމީރު ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހަރަދުތައް ހަމަޖައްސަން މިހާރު އަޅަން ނިންމި ފިޔަވަޅުތައް ނާޅައިފި ނަމަ، ސިވިލް ސާވެންޓުންގެ މުސާރަ ކުޑަކުރުން ކަހަލަ އާންމުންނަށް ގެއްލުންވާނެ ފިޔަވަޅުތައް އަޅަން ޖެހިދާނެކަމުގެ އިންޒާރު ސަރުކާރުން ދިން ނަމަވެސް ދައުލަތުގެ ތެރޭގައި އަދިވެސް ބޮޑެތި ހަރަދުތައް ހިނގަ އެވެ.

ހަރަދުތައް ކުޑަ ކުރުމަށްކަމަށް ބުނެ ޖުލައި 26 ގެ ފުޅަނދުބުރު އަދި ރަސްމީ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމި ނަމަވެސް ބޮޑެތި ހަރަދުތަކެއް ކުރުމަށް ފަހު އައްޑޫ ސިޓީގައި ޝޯވ ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން  ޖޫންގެ ނިޔަލަށް ދަތުރުތަކަށް 90 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 74%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: