ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

130 ކިލޯގެ ޑްރަގަސް މައްސަލަ: 16 އަހަރުގެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތު ނުވުމުން، ދައުލަތުން ހައިކޯޓަށް!

ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން، ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ނުވީ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިއީ އޮކްޓޯބަރު 2020، ގައި ކަންނެލި ދޯންޏަކުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރި އިރު އޭގެ ތެރޭގައި 16 އަހަރުގެ ކުއްޖެއް ހިމެނެ އެވެ. ދެން ދައުވާ ކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރުކަން ކުރި ގއ. ވިލިނގިލި، ލައިޓް ހައިސް ޝަހީބް އިބްރާހީމާއި، ހއ. ހޯރަފުށި، އަހުމަދު މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މީހުންގެ މައްސަލަ އަދިވެސް ދަނީ ކުރިޔަށެވެ.

ފުލުހުން އެ ކުއްޖާގެ މައްޗަށް ކުރީ މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި، އެތަކެތި ހުޅުމާލެއަށް ގެންދިއުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އަދި ކުއްޖާގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިން އެތެރެ ކުރުމުގެ ދައުވާ އާއި، ޖަދުވަލު އެކެއްގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މައްސަލައިގައި ޖުވެނައިލް ކޯޓުން ނިންމީ ދައުވާ ސާބިތު ނުވާކަމަށާއި، ކުރާ ތުހުމަތުތަކަށް އެކަށީގެންވާ ހެކި ނެތް ކަމަށެވެ. ކޯޓުގެ ހުކުމުގައި ވަނީ ކުއްޖާ ދަތުރުގައި ބައިވެރިވީ ދޯނީގައި ހުރީ މަސްތުވާތަކެތިކަން އެނގި ހުރެކަމަށް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ، ދޯނީގައި ހުރި ބަސްތާތަކެއް ކަނޑައި ބެލުމުންކަމަށްވާއިރު، އޭގެ ކުރިން ބަސްތާތަކުގައި ހުރީ ކޯޗެއްކަން ކުއްޖާއަށް އެނގޭނެ ގޮތެއް އޮވެދާނެކަން ދައުލަތުން ހުށަހެޅި ހެކި ބަހުސް އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަ ކުއްޖަކަށް މިހާ ބޮޑު ދައުވާއެއް ކުރި މިއީ ފުރަތަމަ ފަހަރެވެ. ކުއްޖާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ހޯމަ ދުވަހު އެވެ. މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: