ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިނުން އެކަނި މަންކީ ޕޮކްސް ނުހުއްޓުވޭނެ: ޑަބްލިއުއެޗްއޯ

ޑރ ހާންސް ހެންރީ ޕީ ކްލޫގެ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް އަކީ ސަލާމަތްވުމަށް ވެކްސިން ޖަހައިގެން ހުއްޓުވޭނެ ބަލިމަޑުކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަ ކޮށްފިއެވެ.

ޑަބްލިޔުއެޗްއޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަރަހައްދީ ޑައިރެކްޓަރ ޑރ. ހާންސް ހެންރީ ޕީ ކްލޫގެ ވިދާޅުވީ މަންކީ ޕޮކްސް އިން ސަލާމަތް ވުމަށް ވަކިވަކި ފަރުދުން އަމަލީ ގޮތުންވެސް ފިޔަވަޅު އަޅަންޖެހޭ ކަމުގައެވެ.

ޑރ. ކޯލޫގެ ވިދާޅުވީ މިހާތަނާ ހަމައަށް މަންކީޕޮކްސްގެ ކޭސްތައް ރިޕޯޓްކޮށްފައިނުވާ ގައުމުތަކުންވެސް މިވަގުތު ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައެވެ. އަދި އެ ވައިރަސް އާއި ބެހޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދަސް ކުރަންޖެހިފައިވާ ކަމަށާއި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ދިމާވެދާނެ ހުރިހާ ހާލަތަކަށް ތައްޔާރުވެ ވައިރަސް ފެތުރިގެން ދިޔުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ޑރ ކްލޫ ވަނީ ގޮވާލައްވާފައެވެ.

މިހާތަނަށް ކުރި ދިރާސާތައް ދައްކާ ގޮތުގައި، މަންކީ ޕޮކްސްގެ 90 އިންސަތަ ފެތުރިފައި ވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން މެދުގަ އެވެ. އަދި މި ބަލި ގިނަ ގައުމުތަކުން ފެނިފައިވާއިރު އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މަންކީ ޕޮކްސްއަކީ ސިއްހީ ނުރައްކަލެއްކަމަށް ކަނޑައަޅައި، އެމަޖެންސީ އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެކްސިން ވިއްކަން ދައްކާ ބިރު!
    އަހަރުމެން ކިޔާްޅެނީ “ސިއްޙިބިރުވެރެކަން”

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: