ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަކުނުވިދުރިއަށް ޓެސްޓްކުރާ 250 ކިޓް ރާއްޖެއަށް ހަދިޔާކޮށްފި!

މަކުނު ވިދުރިއަށް ޓެސްޓުކުޜާ ކިޓް ހަދިޔާ ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަންކީޕޮކްސް ނުވަތަ މަކުނުވިދުރިއަށް ޓެސްޓްކުރާ ޕީސީއާރް ކިޓްތަކެއް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް މަކުނުވިދުރި ނުވަތަ މަންކީޕޮކްސް އަށް ޓެކްސްޓްކުރުމަށް 250 ޕީސީއާރް ކިޓް ހަދިޔާކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ “މަންކީޕޮކްސް” އާއި ގުޅިގެން ބައިނަލްއަޤްވާމީ ޞިއްޙަތާބެހޭ ޤަވާއިދުތަކުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 23 ޖުލައި 2022 ގައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.

މި ބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އޮތުމާއެކު ބައްޔަށް ޝައްކުކުރެވޭ ކޭސްތަކަށް އިޖާބަދީ، ކޭސް އިންވެސްޓިގޭޝަން، ކޮންޓެކްޓް ޓްރޭސިން، ޓެސްޓް އަދި ރިސްކް ކޮމިއުނިކޭޝަންސްގެ ކެޕޭސިޓީ އިތުރުކުރުމަށް ހެލްތު މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މަކުނުވިދުރިއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިއަދު 250 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާއިރު، އަދި އިތުރު ކިޓްތައް މޮބިލައިޒް ކުރުމުގެ މަސައްކަތްވެސް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޓެސްޓިން ކިޓްތައް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޯވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: