ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ސަބްސްޓޭންޑަޑު ބޭސްތަކެއް ފެނިއްޖެ

އިންޒާރު ނެރިފައިވާ ބޭސްތަކުން ބައެއް ބޭސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ޕާކިސްތާނުން އާންމު ސްޓޭންޑަޑުތަކަށްވުރެ ދަށް ސްޓޭންޑަޑެއްގެ ސިރަޕުތަކެއް ވިއްކަމުންދާކަމަށް ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާގޮތުން ފާހަގަކުރެވިފައިވާ ސްޓޭންޑަޑު ދަށް ސިރަޕުތަކަކީ އެލެރގޯ ސިރަޕް އާއި އެމިޑޯން ސަސްޕެންޝަން އާއި މިއުކޮރިޑް ސިރަޕުގެ އިތުރުން އަލްކޮފިން ސަސްޕެންޝަނާއި ޒިންސެލް ސިރަޕްއެވެ. އެ ޖަމިއްޔާއިން ބުނެފައިވާގޮތުން މި ބާވަތްތަކުގެ 23 ބެޗެއް ހުރީ ދަށް ސްޓޭންޑަޑެއްގައިކަމަށާއި އެ ހުރިހާ ތަކެއްޗެއްވެސް އުފެއްދީ ޕާކިސްތާނުގެ ފާމިކްސް ލެބޯރަޓޯރީ ކިޔާ ކުންފުންޏަކުންކަމަށްވެސް ބުނެފައިވެއެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ނެގުނު އެލެޖްރޯ ސިރަޕްގެ ފަސް ސާމްޕަލެއް ސްކްރީނުކުރެވުނުކަމަށް ބުނެފައިވާއިރު ޓެސްޓުކުރި މާއްދާތައްކަމައްވާ ޑައިއެތްލީން ގްލައިކޯލް އަދި އެތްލީން ގްލައިކޯލް ހުރީ ބަލައިނުގަނެވޭނެ މިންގަނޑަކަށް ކަމަށާއި ޓެސްޓުކުރި ހުރިހާ ބެޗެއްގައިވެސް އެތްލީން ގްލައިކޯލްގެ މިންގަނޑުތައް ހުރީ ގަބޫލުކުރެވޭ މިންގަނޑަށްވުރެ މަތީގައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ގަބޫލުކުރަނީ 0.10 އިންސައްތަކަމަށްވާއިރު ޓެސްޓުކުރި ބެޗުތަކުގައި ހުރީ 0.62 އާއި 0.82 އިންސައްތަ ދެމެގައިކަމަށްވެސް ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއިންވަނީ ފާމިކްސް ކުންފުނި ތަހުގީގުކޮށްފައެވެ. އަދި އެ ކުންފުނިން އުފައްދާ އެހެނިހެން ތަކެތިވެސް އެތްލީން އަދި ޑައި އެތްލީން ގްލައިކޯލްގެ ސަބަބުން ތަގައްޔަރުވެފައިވުން އެކަށީގެންވާކަމަށްވުމުން އެ  ޖަމިއްޔާއަށް ބޭސްތަކުގެ ރައްކައުތެރިކަން ކަށަވަރުނުކޮށްދެވޭނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން ބޯ ބޭހުގެ ބާވަތްތައް އުފެއްދުން އެ ކުންފުންޏަށް ހުއްޓާލަން އަންގާފައިވާކަމަށާއި އެ ކުންފުނިން އުފައްދާ ފަސް ބާވަތެއްގެ ސިރަޕު އަނބުރާ ހޯދުމަށްވެސް އިއުލާނުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ކުންފުނިން ވިއްކާފައިވާ މުދައު މިހާރު އަތް ބަދަލުވެ އެހެން ގައުމުތަކަށްވެސް ވިއްކާފައިވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވާގޮތުން ސަބްސްޓޭންޑަޑު ގޮތުގައި ކަނޑައަޅާ ތަކެއްޗަކީ ބޭނުންކުރަން ރައްކައުތެރި ނޫން ތަކެއްޗެވެ. ހާއްސަ ގޮތެއްގައި އެ ތަކެތި ކުޑަކުދިންނަށް ރައްކައުތެރި ނޫންކަމަށާއި ނުރައްކާތެރި ގެއްލުންތައް ލިބުމާއި ނިޔާވުމަށް ދިމާވުންފަދަ ކަންކަންވެސް ކުރިމަތިވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: