ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ޖިންސުން ގުޅުން ހިންގުމުން ޖެހޭ މަންކީ ޕޮކްސްއަކީ ސިއްހީ ނުރައްކަލެއްކަމަށް ކަނޑައަޅައިފި

ޑަބްލިއުއެޗްއޯ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުންޖެހޭ، މަންކީ ޕޮކްސް އަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަކުނު ވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ސިއްޚީ ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ، މަންކީ ޕޮކްސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ނިއުސް ކޮންފަރެންސްގައެވެ.

މަކުނު ވިދުރިއާއި ގުޅިގެން ނެރެފައިވަނީ ކޭސްތައް އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ޑަބްލިއުއެޗްއޯއިން ނެރެފައިވަނީ އެންމެ މަތީ އެލާޓެވެ.

މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މަންކީ ޕޮކްސް ގެ 16،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ފާހަގަކުރެއްވިއިރު، މި ބަލީގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، މަންކީ ޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ގޮތުގައި ގިންތި ކުރަން ޖެހޭ ރޯގާއެއްތޯ ނުވަތަ ނޫންތޯ، ނިންމުމުގައި އިމަޖެންސީ ކޮމިޓީއަށް އެއްގަލަކަށް ނޭރިފައިވާ ކަމަށެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މަންކީ ޕޮކްސް އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ. މިހާތަނަށް ބަލި ޖެހިފައިވާ 98 އިންސައްތަ މީހުންނަކީ މި ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: