ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ހަފްތާތަކުގައި ގައުމުތަކަށް ދަތި ކުރިމަތިވާނެ: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ކޮވިޑު ފެތުރެމުންދާ މިންވަރު އަނެއްކާވެސް ގިނަވެ، މި ބަލީގެ އިތުރު ވޭރިއެންޓްތަކެއް ފެތުރެމުންދާތީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ގައުމުތަކަށް ދަތި ކުރިމަތިކުރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޓްވިޓަރގައި އާއްމުކުރި ވީޑިއޯ އެއްގައި ވާހަކަދައްކަމުން ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކޮވިޑުގެ އައު ވޭރިއެންޓްކަމަށްވާ އޮމިކްރޯނު ދުނިޔޭއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިވަގުތު ދުނިޔޭގައި މި ބަލީގެ ސަބަބުން މީހުން މަރުވާ އަދަދު އެއްވަރެއްގައި ހިފަހައްޓާފައި ވީ ނަމަވެސް ސިއްހީ ދާއިރާގެ މަސައްކަތްތެރީންނަށާއި ބުރަވެފައިވާ ސިއްހީ ދާއިރާއަށް އޮމިކްރޯނު ކުރާ އަސާރާއި މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ވެކްސިން ނުލިބި، ނުވަތަ ވެކްސިން ޖެހުމުގެ ދަތިކަން އިހުސާސު ކުރަމުންދާ ގައުމުތަކާއި މެދު ވެސް ޓެދްރޯސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދުނިޔޭގައި މިވަގުތު އެކި ގައުމުތަކުން ވެކްސިން ޖަހަމުންދާ އިރު، ވެކްސިން ޖަހާފައި ނުވާ މީހުންނަށް ބަލީގެ ސަބަބުން ނުރައްކާތަކާއި ކުރިމަތިވާނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ދުނިޔޭގައި މިވަގުތު އޮމިކްރޯނަކީ އެވްރޭޖު ވައިރަހެއްގެ ގޮތުގައި ލޭބަލް ވެފައި ވީއިރު، “މައިލްޑް ޑިޒީޒް” އެއްގެ ގޮތުގައި މި ވޭރިއެންޓް ލޭބެލްކުރުމަކީ ގޯސް ގޮތެއް ކަމުގައި ޓެޑްރޯސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ވަނީ އޮމިކްރޯނުގެ ސަބަބުން އިންސާނުންގެ ފުރާނަގެއްލޭކަން ފާހަގަކުރައްވާފައެވެ.

ޓެޑްރޯސް ވަނީ ފަރުވާ ކުޑަކުރުމެއްނެތި ސަމާލުވުމަށް ގޮވާލާފައެވެ. އެއީ އޮމިކްރޯނުގެ ސަބަބުން ސިއްހީ ނިޒާމަށް ބާރުބޮޑުވެ، އެނދުމަތި ކުރެވޭ މީހުންގެ އަދަދު ގިނަވެ، މީހުން މަރުވަމުންދާ ކަން ރިޕޯޓުކުރެވިފައިވާތީއެވެ. އެހެންކަމުން ކުރިއަށް އޮތް މަދު ހަފްތާތަކެއް ވެގެންދާނީ ބައެއް ގައުމުތަކަށް “ކްރިޓިކަލް” ހަފްތާތަކެއް ކަމުގައި ޓެޑްރޯސް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރީންނާއި ޖުމްލަ އެއްކޮށް މުޅި އެދާއިރާއަށް ބޮޑެތި ދަތިތަކާއި ކުރިމަތިކުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓެޑްރޯސް ވަނީ މި ބަލިމަޑުކަމުން އަރައިގަތުމަށް އެޅޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 57%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: