ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޑަބްލިއުއެޗްއޯއަށް ހުރަސްއަޅާކަމުގެ ކަންބޮޑުވުން

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ސިއްހީ ވަސީލަތްތައް ނަގާލުމަށް އެންގިކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިސްރާއީލާއި ޑަބްލިއުއެޗްއޯ ދެމެދު މިކަމާއި ގުޅޭގޮތުން ސޯޝަލްމީޑިއާގައި ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އެ ޖަމިއްޔާގެ ސިއްހީ ވަސީލަތްތައް އެ ތަކެތި ހުރި ތަނުން ނަގާލުމަށް އަމުރުކުރިކަމަށް ތުހުމަތުކުރާއިރު، އިސްރާއީލުންވަނީ އެ ވާޙަކަތައް ދޮގުކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވިގޮތުން، ތަކެތި ނަގާލައި ޑަބްލިއުއެޗްއޯއިން ބޭނުންކުރަމުންދިޔަ އިމާރާތެއް ހުސްކުރުމަށް އަސްކަރިއްޔާއިން ޑަބްލިއުއެޗްއޯއަށް އަންގާފައިވާކަމަށެވެ. އަދި ސަބަބަކީ އެއްގަމު މަގުން ހިންގުމަށް ކަނޑައެޅިފައިވާ ހަރަކާތްތަކުގެ ސަބަބުން އެތަން ބޭނުން ނުކުރެވޭ ހާލަތަށް ދާނެތީކަމަށްވެސް ބުނެފައިވާކަމަށް އޭނާ ހިއްސާކުރެއްވިއެވެ.

ޓެޑްރޮސްވަނީ އިސްރާއީލުން އެ އަމުރު ބާތިލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހޮސްޕިޓަލުތައް ފަދަ އިމާރާތްތައް ރައްކައުތެރިކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން އިސްރާއީލުގެ ޑިފެންސް މިނިސްޓްރީއިން ސޯޝަލްމީޑިއާގައި ހިއްސާކުރިގޮތުން އެފަދަ އެއްވެސް އަމުރެއް ކޮށްފައިނުވާނެކަމަށާއި އދގެ ކަމާއި ގުޅޭ ފަރާތްތަކަށް އެ ކަން ލިޔުމުން އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި އދގެ އޮފިޝަލެއްގެ ވާހަކަތައް އެންމެ ކުޑަމިނުން ހަގީގަތާއި އެއްގޮތްވާންޖެހޭނެކަމަށް ގަބޫލުކުރާކަަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީޑިއާތަކުން ވަނީ ޑަބްލިއުއެޗްއޯއިން އިމާރާތް ހުސްކުރުމަށް މަސައްކަތްކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ތަނުން ޣައްޒާގެ 11 ހޮސްޕިޓަލަކަށް ވަސީލަތްތައް ފޯރުކޮށްދޭކަމަށްވުމުން އެ ސަރަހައްދުން އެ ތަކެތި ގެންދިއުމުން ހޮސްޕިޓަލްތަކަށް އިތުރަށް ދަތިވެދާނެކަމުގެ ކަންބޮޑުވުންތައް އޮތްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: