ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗް މަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މާރޗް މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާކަން ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިއީ ހެލްތް މިނިސްޓްރީން އާދިއްތަ ދުވަހުގެ ކެބިނެޓު މީޓިންއަށް ހުށައެޅި ކަރުދާހެއްގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

އެގޮތުން ހުށަހަޅާފައިވާ ގޮތަށް އެއާ އެމްބިއުލާންސް ތައާރަފް ކުރުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ. ދެ އެއާ އެމްބިއުލާންސެއް ތައްޔާރުކޮށް އައިލޭންޑް އޭވިއޭޝަނާއި ގުޅިގެން ހިދުމަތް ދެވޭނެ އިންތިޒާމު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ހެލްތާއި އައިލޭންޑް އޭވިއޭޝަނާއި ގުޅިގެންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކުގައި އެމެޖެންސީ ހާލަތްތަކެއް ދިމާވެއްޖެނަމަ ބަލި މީހާ މާލެ ގެނައުމުގައި ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިވެއެވެ. އެގޮތުން މޯލްޑިވިއަންއިން ފްލައިޓު ހަމަނުޖެހުމާއި، ރޭގަނޑުގެ ވަގުތު ޑޯނިއާ އޮޕަރޭޓް ނުކުރުމުން ދަތިތަކާއި ކުރިމަތިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: