ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަށް ބޭނުންވާ ބޭސް ސްޓޮކް އެބަހުރި:ހެލްތް

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ހޮސްޕިޓަލްތައް ފުރިފައިވާ އިރު، އެ ރޯގާއަށް ބޭނުންކުރާ ބޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ދައްކަމުންދާ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ފަރުވާ އަށް ބޭނުންވާ އޯއާރުއެސް އާއި ބޭސް އެސްޓީއޯގައި އެބަހުރި ކަމަށެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ކޭސްތައް ރެއިން ފެށިގެން ވަނީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަަށް އިތުރުވެފަ އެވެ. އެކަމަކު މި ރޯގާ ފެތުރެމުންދާތާ ހަފުތާއެއްވެއްޖެ ކަމަށް ފަރުވާ ހޯދި ބައެއް މީހުން ބުނެ އެވެ.

މިނިވަން ދުވަހުގެ ޕެރޭޑާއި ފްލޯޓްތައް ބަލަން މަގުތަކަށް ގިނަ ބަޔަކު ޖަމާވި ފަހުން، މި ރޯގާ ޖެހޭ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ އީއާރު މިއަދު ހެނދުނާ ހަމައަށް އޮތީ ފުރިފަ އެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ހޮސްޕިޓަލުން ވެސް ގިނަ ބަޔަކު ފަރުވާ ހޯދި އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރެމުން ދަނިކޮށް، ހޮޑު މަނާ ކުރަން ބޭނުން ކުރާ ބޭހާއި އޯއާރްއެސް ޕެކެޓު ފިހާރަތަކުން ހުސްވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެސްޓީއޯގައި ބޭހުގެ ސްޓޮކް އެބަހުރި ކަމަށެވެ.

ރާއްޖޭގައި އޯއާރުއެސްގެ 84،000 ޕެކެޓް ސްޓޮކްގައި ހުރި ކަމަށާއި މާލެ ސަރަހައްދުގައި 10،000 އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އަންނަ ހޯމަ ދުވަހު އާ ސްޓޮކެއް ވެސް އަންނާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ފަރުވާ އަށް ބޭނުން ކުރާ ބޭހުގެ ސްޓޮކް ހުރި ކަން އެސްޓީއޯއިން ވެސް ވަނީ ހާމަކޮށްފައެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް 100 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވައިރަލް ރޯގާއެކެވެ. އަދި މިހާތަނަށް ހޯދި ހޯދުމުން މިއީ އެއްވެސް ކާނާ އަކުން ފެތުރިފައިވާ ރޯގާއެއް ނޫންކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: