ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންކީޕޮކްސްއަށް ޓެސްޓު ކުރަނީ ޖަރުމަނުގެ މީހެއް، ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ހަފްތާއެއް ފަހުން!

ކޮވިޑު ސާމްޕަލް ނެގުމުގައި އެޗްޕީއޭ ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަންކީ ޕޮކްސްއަށް ޝައްކު ކުރެވޭ، ބިދޭސީއަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފެށިނަމަވެސް ރާއްޖޭގައި އެކަން ކަށަވަރު ކުރެވޭނެ އެއްވެސް ވަސީލަތެއް ނެތްކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ޓްރީޓޮޕަށް ދެއްކި މީހަކު ބައްޔަށް ޓެސްޓު ކުރުމަށް ވަނީ ސާމްޕަލް ނަގާފަ އެވެ. ޖަރުމަންވިލާތަށް ނިސްބަތްވާ އެ މީހާ މިވަގުތު އެކަހެރިކޮށްފައިވާއިރު، އޭނާއަކީ ރާއްޖެއަށް އައި ފަތުރުވެރިއެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޝައްކުވާ މީހަކު ހުރުމުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މިހާތަނަށް ބަލި ހުރިކަން ކަށަވަރު ކުރެވޭ އެއްވެސް މީހަކު ނުވަތަ ޝައްކު ކުރެވޭ އިތުރު މީހަކު ވެސް ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މަންކީ ޕޮކްސްއަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް އެބަހުރިކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަދަ މެކޭނިޒަމްއެއް މިވަގުތު ނެތެވެ. އެހެންވެ ބައްޔަށް ޝައްކު ކުރެވޭ މީހާގެ ސާމްޕަލް ފޮނުވަން ޖެހޭނީ ރާއްޖެއިން ބޭރަށެވެ. އަދި ޓެސްޓުތަކުގެ ނަތީޖާ ލިބެން ހަފްތާއެއް ނަގާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މަންކީ ޕޮކްސް ފެތުރެމުން ދާތީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާނުކޮށްފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް މި ބަލި 16،000 މީހަކަށް ވަނީ ޖެހިފަ އެވެ. އަދި ބަލި ފެނިފައި ވަނީ 75 ގައުމަކުންނެވެ.

ސިއްހީ އިދާރާތްތަކުގެ ތަހުލީލުތައް ދައްކާ ގޮތުގައި މަންކީޕޮކްސް އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: