ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ، ސޯލިހުގެ ސަރުކާރުން އަޅުގަނޑުގެ ކޮއްކޮ ހައްޔަރުކޮށްފި: ނަޝީދު

ރައީސް ނަޝީދު އަދި ކޮއްކޮ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ކޮއްކޮ ހައްޔަރު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ހިތްރުއްސައިދޭންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަލަމްގިރި ނަމަކަށް ކިޔާ ބިދޭސީއަކާއި އެކު އެއް ޖިންސުން ގުޅުން ހިންގައި، ހަޑިމުޑުދާރު އަމަލު ހިންގާ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެކެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، މިއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި ވެސް މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ނާޒިމް އާއި ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން ނާޒިމް ވަނީ މާލެއިން ފުރައިގެން ރިސޯޓަކަށް ގޮސްފަ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން، ރާއްޖެއިން ބޭރަށް ދިއުމަށް މީގެ ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ފުލުހުން މީޑިއާތަކަށް ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިއަދު ހައްޔަރު ކުރި ތިންވަނަ މީހަކީ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ހަބަރު މީޑިއާތަކުން ގެނެސް ދިނުމާއި އެކު ރައީސް ނަޝީދު ނުރުހުންވެ އިނގިރޭސި ބަހުން ކުރި ޓްވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރީ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރީ ސިޔާސީ ނުފޫޒެއްގެ ތެރެއިން، ސިޔާސީ މަންފާ ހޯދުމަށްކަމަށް ތުހުމަތުކޮށް ވިދާޅުވީ ނާޒިމް ހައްޔަރު ކުރީ ވެސް ގާނޫނާއި ހިލާފަށްކަމަށެވެ. އޭގެ ބޭނުމަކީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހިތްރުއްސުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި މި ޓުވީޓު ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ އެވެ. މީގެ ކުރިން ވެސް ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވައި ރައީސް ނަޝީދު ވަނީ ކޯލިޝަނުގެ ނުފޫޒުގައި ޖެހި ރައީސް މަސައްކަތް ކުރާކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ތުހުމަތުތައް ކުރެއްވި ގޮތުގައި ރައީސް ސޯލިހު އަމަލު ކުރައްވަނީ އަދާލަތު ޕާޓީގެ އެންގުންތަކަށެވެ. އެހެންކަމުން މި ޓުވީޓުގައި ވެސް ފާޑުވިދާޅުވީ އެ ޕާޓީއަށްކަމަށް ބެލެވެ އެވެ. އެއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ޔޯގާ އާއި އަދި އެއްޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ތަފާތު އެކި ޓުވީޓުތައް ކުރައްވާފައިވާތީ އެވެ.

ސަރުކާރާއި މެދު ހިތްހަމަނުޖެހި ގިނަ ވާހަކަތަކެއް ދައްކަވާފައިވާ ރައީސް ނަޝީދާއި، ރައީސް ސޯލިހަކީ މީގެ ކުރިން ގާތް ދެ އެކުވެރިން ނަމަވެސް މިވަގުތު ދެބޭފުޅުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. އަދި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ދެބޭފުޅުންގެ ދެމެދު ވަނީ އުފެދިފަ އެވެ.

 

ވަރަށް ގަދަ
23%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 16%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ފުރަތަމަ މާތްﷲ އަށް ބިރުވެތިވެބަލަ. އެފަދަ ބޮޑުފާހިޝް އަމަލެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުއެކުރީ. ހަމަގައިމުވެސް މާތް ﷲ މަހުޝަރު ދުވަހުން އެކަމެއްކުރި މީހަކަށް އެކަމެއްގެ ހައްޤުއަދަބު ދެއްވާނެ.
    މި ދުނިޔެމަތީގައި ބާރުގެ ނުފޫޒުން ސަލާމަތް ކުރެވިދާނެ… ނަމަވެސް ގިޔާމަތްދުވަހުން ހަދާނީކިހިނެތް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: