ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނަސީރު ހައްޔަރު ކޮށްފި

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވި މައްސަލައިގައި ނޫސްވެެރިޔާ އަބްދުﷲ ނަސީރު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ މެއިންސްޓްރީމް ޓީވީ މީޑިއާތަކުގައި މަސައްކަތް ކުރި ނަސީރުގެ ވީޑިއޯއެއް އާއްމުވީ، އަލަމްގިރިއާއި އެކު ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވި ދުވަސްވަރުގަ އެވެ. ނަމަވެސް ނަސީރުއާއި އެކު ދެން ފެންނަނީ ކާކުކަން ސާފެއް ނޫނެވެ.

މި މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ ނަސީރު ކުރިން މަސަައްކަތް ކުރި މީޑިއާގެ އިސްވެރިޔާގެ މައްޗަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަން ދޮގުކޮށް އޭނާ ވަނީ އެ މީޑިއާގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ހުށަހަޅާފަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިއަދު ހައްޔަރު ކުރީ 27 އަހަރުގެ މީހެކެވެ.

އެއްޖިންސިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރެއް ވެސް ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރި ދިޔައީ ގިނަ އަދަދެއްގެ ބަޔަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންގެ ވީޑިއޯތައް ނަގައި ބޮޑު އަދަދުން ފައިސާ ދޭން ބުނެ ބެލްކްމެއިލް ކުރަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، އެ މީހުންގެ ދަރިން ހިމެނެ އެވެ.

މައްސަލައިގައި ފުލުހުން ބުނީ އެކި މީހުންގެ ވީޑިއޯތައް ނެގުމަށް ފަހު ބެލެކްމެއިލް ކުރަމުން ދިޔަ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި، އިތުރު ބައެއްގެ ތަހުގީގުތައް ވެސް ކުރަމުންދާއިރު ހެކި އެއް ކުރެވޭ މިންވަރަކުން އެ މީހުން ހައްޔަރު ކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަލަމްގިރި ކައިރިއަށް ދިޔަ މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: