ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް، ނަޝީދަށް: ނާޒިމް ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހި ތި ހުންނެވީ ކޮންޓްރޯލުން ނެއްޓިފައި!

ރައީސް ނަޝީދާއި، ނާޒިމް ސައްތާރު އަދި އަލަމްގިރި/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޯފުޅު ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހި، ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޒާޔް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި އިރު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ނާޒިމް ހައްޔަރު ކުރުމުން އެކަމަށް ނުރުހުން ފާޅުކޮށް އިއްޔެ ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްރުއްސައިދޭން ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ ދިފާއުގައި ޓުވީޓު ކުރެއްވުމުގެ ސަބަބުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނުވީ ރައީސް ނަޝީދު ފޮނުވި މެސެޖުތަކެއްގެ ސަބަބުން ކަމަށެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ބަޔަކު ހިމެނޭއިރު އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރި ސަބަބާއި މެދު ސުވާލު އުފައްދައި ރައީސް ނަޝީދު ވަނީ އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުންގެ ތެރޭގައި ކިނބިިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝިޒް ހިމެނޭކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން މެދުވެރިކޮށް އަލަމްގިރީގެ ފޯނުގައި ހުރި ވީޑިއޯތައް ޑިލިޓު ކުރުވީ މީދޫ ދާއިރާގެ މެމްބަރު އަދި ނާޝިޒްގެ އަނބިކަބަލުން ރޮޒެއިނާ އާދަމްކަމަށް ތުހުމަތު ކުރެއްވި އެވެ.

ގިނަ މެސެޖުތަކެއް ގުރޫޕަށް ފޮނުވައި ދެން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު އަންހެން ކުއްޖަކާއި އެކު ޒިނޭ ކުރާ މަންޒަރު ފެންނަ 04 ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ސުވާލު ކުރެއްވި އެވެ. ނުވަތަ ފުލުހުން އަތުގައި ހުރި ފޮޓޯތައް ނައްތާލީތޯ ސުވާލު ކުރެއްވި އެވެ.

ރައީސް ސޯލިހަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަށް ފޮނުވި މެސެޖަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ، ދިމާވި ހާލަތާއި މެދު ހަމްދަރުދީވާކަމަށާއި އަދި އަމިއްލަ ކޮއްކޯފުޅު މިފަދަ މައްސަލައެއްގައި ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ހުންނަވާނެކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ ރަސްމީ މުއާމަލާތްތައް ކުރެވޭ ގުރޫޕެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ކުރެއްވީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

I must politely caution against these baseless allegations being post here. If you believe these warrants to be brought to the notice of the police or any other relevant authority then please do

އް ނެތް ތުހުމަތުތަކެއްކަމަށާއި، ވަރަށް އަދަބުވެރިކަމާއި އެކު އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

ފައްޔާޒް ވަނީ ރައީސް ނަޝީދުގެ އަތުގައި ހެކި ނުވަތަ އެއްވެސް ފޮޓޯއެއް ހުރިނަމަ ވީހާވެސް އަވަހަށް އެ މައްސަލައެއް ފުލުހަށް ނުވަތަ ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހަޅަން އެދޭ ކަމަށެވެ.

ފައްޔާޒަށް ރައްދު ދީ މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ތޯ ބަލަން ބޭނުންތޯ ސުވާލު ކުރެއްވި އެވެ. އެއަށް ފަހު ވިދާޅުވީ ފަޔާގެ ފެންވަރުން ކަންކަމާއި ވާހަކަ ދެއްކުމަށް އެދޭ ކަމަށެވެ. އަދި ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވި އެވެ.

“Fayya fennanee, Faya ge fenvarun kankama behen. Alhugandah naseyhai dheykah Faya akah nujeheyne”

ރައީސް ނަޝީދުގެ މެސެޖުތަކަށް ނުވަތަ އެ ވާހަކަތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ޕާޓީގެ ރައީސް ވިޔަސް، ނުވަތަ އިސް ލީޑަރަށް ވެސް އެފަދަ ވާހަކަތަކެއް އަމާޒުކޮށް ވަހަކަ ދެއްކުމުގެ ފުރުސަތެއް ނުދެއްވާނެކަމަށެވެ.

އަދި މިކަމުގައި އޭނާއަށް ވާހަކަ ދެކެވޭނެ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ފައްޔާޒް ވިދާޅުވީ މިހާރު އެމަނިކުފާނު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައި ކަމަށެވެ.

ރޮޒެއިނާއަށް ކުރި ތުހުމަތުތަކާއި، އަދި ރައީސް ސޯލިހާއި ގުޅުވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ ފަޔާއަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށެވެ. އެއާއި އެކު ރައީސް ނަޝީދު ސުވާލު ކުރެއްވީ ފޮޓޯތައް ގުރޫޕަށް ލާންވީ ތޯ އެވެ. އަދި ރައްދުގައި އެ ފޮޓޯތައް ލުމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިއީދެން ބޮޑުވަރު. މިމީހުންނަށް ރޯޔަލްވޯމަ ހުރިހާކަމެއް ވެސް ކުރުން ހުއްދަ. މިމީހުންނަކީ އިސްލާމްދީނަށް ފުރައްސާރަކުރަން ތިބި ބައެއް. ޤައުމު ސުންނާފަތިކޮށް ނުބައިވެގެންވާ ހުރިހާ ކަމަކަށް ދޮރުތައް ހުޅުވަން ތިބކ ބައެއް. މި މީހުންގެ އަސްލު ސިފަ މިފެންނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: