ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސީރުގެ ބަންދުގެ މުއްދަތު ޖަހައިފި

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ ނަސީރުގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފިއެވެ.

ރާއްޖޭގެ މެއިންސްޓްރީމް ޓީވީ މީޑިއާތަކުގައި މަސައްކަތް ކުރި ނަސީރުގެ ވީޑިއޯއެއް އާއްމުވީ، އަލަމްގިރިއާއި އެކު ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވި ދުވަސްވަރުގަ އެވެ. ނަމަވެސް ނަސީރުއާއި އެކު ދެން ފެންނަނީ ކާކުކަން ސާފެއް ނޫނެވެ.

މި މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ ނަސީރު ކުރިން މަސަައްކަތް ކުރި މީޑިއާގެ އިސްވެރިޔާގެ މައްޗަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަން ދޮގުކޮށް އޭނާ ވަނީ އެ މީޑިއާގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ހުށަހަޅާފަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިއަދު ހައްޔަރު ކުރީ 27 އަހަރުގެ މީހެކެވެ.

އެއްޖިންސިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރެއް ވެސް ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރި ދިޔައީ ގިނަ އަދަދެއްގެ ބަޔަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންގެ ވީޑިއޯތައް ނަގައި ބޮޑު އަދަދުން ފައިސާ ދޭން ބުނެ ބެލްކްމެއިލް ކުރަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، އެ މީހުންގެ ދަރިން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: