ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމުން ދީނީ އިލްމުވެރިންގެ ކަންބޮޑުވުން!

ޝެއިހް އަލީ ޒައިދް: ފޮޓޯ ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށް، ހިއުމަން ރައިޓްސް ވޮޗްގެ އެފަދަ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޕްރޮގްރާމުގެ ޑިރެކްޓަރު ގޮވާލާފައިވަނިކޮށް، އެ ފަރާތްތައް ދޫކޮށްލުމާއި އެކު، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި އެހެން ފަރާތްތައް، ބަނދުގައި ބަހައްޓަން ނުޖެހޭކަމަށް ނިންމައި، އެ ފަރާތްތައް ދޫކޮށްލުމާއި އެކު، ނުރުހުމާއި ކަންބޮޑުވުން ފާޅު ކުރައްވާ އަލީ ޒައިދު ވަނީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

އަލީ ޒައިދު ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަކީ، އިސްލާމް ދީނުގައި ބޮޑު ހައްދެއް ކަނޑައެޅިފައިވާ ކަމެއްކަމަށެވެ. އަދި އެ އަމަލަކީ، އިސްލާމް ދީނުގައި ބޮޑު އެންމެ ބޮޑު އެއް ފާފަ ކަމަށް ބަޔާން ކުރެވިފައިވާކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެހެން ނަމަވެސް، ރައީސް ސާލިހުގެ ސަރުކާރާއި، ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުން އެކަން ދެކެނީ ކުޑަ ކަމެއް ގޮތަށް ކަމަށެވެ. އަދި އެފަދައިން ދެކުމަކީ، ދަށު ދަރަޖައިގެ ކަމެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލުމާއި އެކު، ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ އަލީ ޒައިދު އިތުރަށް ވިދާޅުވީ، އެމީހާގެ ދުލުން އިސްލާމް ދީނަށް ލޯބި ކުރާ ކަމުގެ އެވޯޑެއް ހޯދި ނަމަވެސް، މާތްﷲ ބައްލަވާވޮޑިގެންވަނީ، އެ ބައެއްގެ އަމަލުތަކަށް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެއްޖިންސުން ގުޅުން ހިންގި ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލާފައިވާއިރު، އެކަމުގެ ތުހުމަތުގައި ޕާސް ޕޯޓު ހިފެހެއްޓިފައިވާ ބައެއް ފަރާތްތައް ވަނި އުމުރާއަށް ދިއުމަށް ބޭރަށް ފުރާފައެެވެ. އަދި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބަލިތަކެއް ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރިފައި އޮވެދާނެކަމުގެ ބިރު ހީވެފައިވީނަމަވެސް، އެ އަމަލުތައް ހިންގުމުގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއްގެ ސިއްހީ ޓެސްޓުތަކެއް ހެދިފައިވާކަމަށް މައުލޫމާތު ލިބިފައިނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: