ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލު މީހުން އުފާކުރުމަށް ރާއްޖެ އަންނަ މަގު ބަންދު ކުރޭ: އަލީ ޒައިދު

ޝެއިޚު އަލީ ޒައިދު..... ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް މުސްލިމުންގެ ބިން ފޭރަމުންދާ އިޒްރާއީލު މީހުން އުފާކުރުމަށް ރާއްޖެ އަންނަ މަގު ބަންދު ކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރާއީލުގެ ޕާސްޕޯޓަށް، ރާއްޖެއައިސް އުފާކޮށް ހެދުމުގެ މަގު އެމީހުންނަށް ބަންދުވާން ޖެހޭކަމަށެވެ. އެފަދަ ލާއިންސާނީ ބަޔަކު ރާއްޖެ އެތެރެވުން ހުއްޓުވަންޖެހޭ ކަމަށެވެ،

“އެންމެ ހިތްދަތި ވަނީ ކުޑަކުދިންނަށް އެކުރާ އަނިޔާފެނިފަ. ފަލަސްތީނުގެ މައުސޫމް ކުޑަކުދިންތަހައްމަލް ކުރަމުންދާ ވޭންފެނިފަ. ހިތްފަޅައިގެންދޭ.” ޒައިދު ވިދާޅުވިއެވެ. 

ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަޑުއުފަލަމުންދާ މިދަޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިއަދު ހަވީރުވަނީ މަގުމައްޗަށް ނުކުމެ އަޑުއުފުލަން ތައްޔާޜުވެފައެވެ.

ދިވެހިންތިބީ ފަލަސްތީނާއެކު ކަން ދެއްކުމަށް ފަންޑްރައިޒިން އިިވެންޓަކާއިއެކު މި ހިގާލުން މުޅި ރާއްޖޭގައި ކުރިއަށްދާއިރު، މި ހަރަކާތް ކުރިއަށްދާނީ މާލޭގެ އާޓިފިޝަލްބީޗް ސަރަހައްދުގައެވެ. އެގޮތުން މިއީ އެއްބައިވަންތަ ކަމުގެ ހަރަކާތެއް ކަމަށްވެސް އެ ހަރަކާތް އިންތިޒާމު ކުރާ އައިއޭސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 80%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: