ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ދިފާއުގައި ރޮޒައިނާ: ނަފްސުގެ ދިފާއުގައިކަމަށް ބުނެ ކުޑަ ކުދިއްނެއް ނުމެރޭނެ!

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ހައްދުފަހަނައަޅާ ގޮސްފައިވާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވާލައި އެކަމުގައި ރާއްޖެއިން ދެކޭ ގޮތް ހާމަކުރުމަށް އެދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ އިޒްރާއީލުން ފަސްތީނުގެ ގައްޒާއަށް އެ ދެމުންގެންދާ ހަމަލާތަކަކީ ހަނގުރާމައެކޭ ބުނެވޭކަން ނެތްކަމަށެވެ.

މިހާރު ކަންކަން ވަނީ އެއަށްވުރެ ހައްދު ފަހަނައަޅައިފައިކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ މިކަމުގައި އަނިޔާ ލިބެމުންދަނީ ކުށްވެރިންނަށް އެކަނި ނޫންކަން ފާހަގަކުރައްވާފައެވެ.

ހަގީގަތުގައި މިއީ ޖެނެސޮއިޑެއް، މާސް މާޑާއެއް. ގަނޑުކޮށް މީހުން މަރަމުން މި ގެންދަނީ. މީގައި ކުށްވެރިއެއް އެހެން މީހެއް، އެހެން މީހެއް ނުބަލާ.

ރޮޒައިނާ ވިދާޅުވިއެވެ.

އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކަކީ، ނަފްސުގެ ދިފާއުގައި ދެމުންގެންދާ ހަމަލާތަކެއްކަމަށް ބުނެ ބޮޑެތި ގައުމުތަކުގެ ވެރިން އެކަން ދިފާއު ކުރައްވަމުން ގެންދަވާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސުކޫލުތަކާއި ހޮސްޕިޓަލްތަކަށް ބޮން އަޅާ، ފަލަސްތީނަށް އެހީތެރިވުމަށް ކުރާ ކަންކަމަށް ހުރަސް އަޅާ، އެހީގެ ތަކެތި ފޭރި ގަތުމުން އެއީ ނަފްސުގެ ދިފާއުގައި ކުރާ ކަންކަންކަމަށް ނުބެލެވޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންނަނާއި އަންހެނުން އަދި މާބަނޑު މީހުންނަށް ދެމުންގެންދާ އަނިޔާ ފާހަގަކޮށް، ރޮޒައިނާ ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. އެތަކެއް ކުޑަކުދިންތަކެއް އަދި ބަލި މީހުންނަށް ފަރުވާ ހޯދަމުންދާ ހޮސްޕިޓަލްތަކެއް ނައްތާލުމަށްފަހު، އެއީ އެތަނުގައި ހަމާސް ޖަމާއަތަށް ނިސްބަތްވާ މީހަކު ހުރުމުންކަމަށް އިޒްރާއީލުން ބުނާތީ ރޮޒައިނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މިގޮތަށް މިކަން ކުރާއިރު، ރޮޒައިނާ ސުވާލު އުފެއްދެވީ ހަމާސްގެ މީހަކު އިޒްރާއީލުގެ ސުކޫލެއް ނުވަތަ ހޮސްޕިޓަލެއްގައި ފިލާ އޮތުމުން ހަމާސްގެ މީހާ މަރާލުމަށް އަމާޒުކޮށް ނަފްސުގެ ދިފާއުގައި އެތަނަށް އިޒްރާއީލުން ބޮން އަޅާނެތޯއެވެ.

މިއީ އެއްގޮތަކަށްވެސް ހަނގުރާމައެއް ނޫން. މިއީ ވަކި ޖަމާއަތަކާއި ދެކޮޅަށް ކުރާ ކަމެއްވެސް ނޫން، މިއީ ހަމަ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށްޓަކައި، އެމީހުންގެ ބިންތައް ފޭރުމަށްޓަކައި، އިޒްރާއީލުން އެެމީހުން ތިބެން ނުޖެހޭ ތަނަކަށް ގޮސް، އެތަނުގައި ތިބެގެން އަތް ގަދަކޮށް، ފަހަރަކު ތަންކޮޅެއް، ފަހަރަކު ތަންކޮޅެއް ފަލަސްތީނުގެ ބިމުން ނަގާ، އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަސައްކަތް އެގޮތަށް ކުރާ މަންޒަރު.

ރޮޒައިނާ ވިދާޅުވިއެވެ.

ގިނަ ގައުމުތަކުން އިޒްރާއީލަށް ވާގިވެރިވަމުން ގެންދާ މަންޒަރު ފެނުނު ނަމަވެސް، އެއީ އެ ގައުމުގެ ރައްޔިތުންގެ އަޑު ނޫންކަމަށާއި، ގައުމުގެ ވަކި ވެރިއެއްގެ ނިންމުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ގައުމުތަކުގެ ވެރިން މަސައްކަތްކުރަނީ ގައުމުގެ ރައްޔިތުންގެ އިހުސާސާއި ދެކޮޅަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަންކަމަށް ފަލަސްތީނުގެ ރައްޔިތުން ދައްކާ ގަދަ ހިތް ވަރު ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: