ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެންބަރުންގެ 33 އިންސައްތައަކީ އަންހެނުންނަށް ކަނޑައެޅުމަށް އިސްލާހެއް ހުށައެޅައިފި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 33 އިންސައްތައަކީ އަންހެނުންނަށް ހެދުމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ރޮޒައިނާ އިސްލާހު ހުށައެޅުއްވީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށެވެ. އެއީ އެ މާއްދާގެ ށ ގެ ފަހަތަށް ބައެއް އަކުރުތައް އިތުރުކުރުމަށެވެ.

އެ މާއްދާގެ ހ ގެ ދަށުން 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް އިސްލާހު ހުށައަޅާފައިވާއިރު، އެ މާއްދާގެ ނ ގައި ވާ ގޮތުން އަންހެނުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަން ޖެހެނީ ގުރުއަތުލައިގެންނެވެ. މި ދާއިރާތައް ހަމަވާނެ އުސޫލަކުން ދާއިރާތައް ދައުރުވަމުންދާނެ ގޮތް ކަނޑައަޅަން ގާނޫނަކުން ބަޔާން ކުރަން ޖެހޭކަމަށްވެސް އިސްލާހުގައި އޮތެވެ.

މި މާއްދާގެ ހ. ގެ ދަށުން ކަނޑައަޅާ އެންމެހާ ދާއިރާތައް މި މާއްދާގެ ނ ގައި ބަޔާންކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިހާބު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެ ކަމަށްވެސް މި އިސްލާހުގައިވެއެވެ.

މި އިސްލާހު ފާސްވި ނަމަވެސް، މިއަހަރު އޮންނަ މަޖިލީސް އިންތިހާބުގައި މި އިސްލާހުތައް ތަންފީޒެއް ނުކުރާނެއެވެ. އެގޮތުން ގާނޫނަށް އަމަލު ކުރުމަށް ހުށަހަޅާފައި ވަނީ 2029 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުން ފެށިގެންކަމަށް ރޮޒައިނާ ހުށައެޅުއްވި މި އިސްލާހުގައެވެ.

މި ބިލު ހުށައެޅުމުގެ ބޭނުންކަމަށް ރޮޒައިނާ ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި، ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމާއި، ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މި އިސްލާހަށް މަޖިލީހުގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުންގެ ތާއީދު ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: