ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތައް ހައްގުވެރިންނަށް ކަށަވަރުވާނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން: ރޮޒައިނާ

20 ވަނަ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން ކުރާ ކެމްޕެއިން ފެއްޓުން. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓު ލިސްޓުގައި ތިބި މީހުންނާއިމެދު ނާއިންސާފު މި ސަރުކާރު އަމަލު ކުރި މައްސަލަ ބެލޭނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއިން ކުރާ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެހެން ގައުމުތަކުގައި އަންހެނުންނާއި މެދު ކަންތައް ކުރާހާ ބޭއިންސާފުން ރާއްޖޭގައި އަންހެނުންނާއިމެދު ކަންތައް ނުކުރި ނަމަވެސް، ރާއްޖޭގައިވެސް ގޮން ޖެހުންތައް އެބަހުރިކަމަށެވެ.

ރޮޒައިނާ އިޝާރާތް ކުރެއްވީ ފްލެޓުތަކުގެ މައްސަލައަށެވެ. އޭނާ ވިދާޅުވީ ފްލެޓު ލިސްޓުގައި 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާކަމަށް އޮތްއިރު، އޭގެ ތެރޭގައި ހުރި ގިނަ ކެޓަގަރީތަކުގައި ގިނައީ އަންހެނުންކަމަށެވެ. އެގޮތުން އޭނާ ވަނީ ތަފާސް ހިސާބުތައް ހިއްސާ ކުރައްވާފައެވެ.

ކައުންސިލްގެ ލިޔުން އެކަނި އޮވެގެން ޝަރުތު ހަމަނުވެޔޭ ކިޔާފައި އޮތް ކެޓަގަރީގެ 60 ޕަސެންޓަކީ އަންހެނުން. ހަމައެކަނި ދިރިއުޅޭ ތަނުގެ ގޭގެ ލިޔުން އެކަންޏޭ ފޮނުވާފަ އޮތީ، ބުނެފަ ޝަރުތު ހަމަނުވާ ކެޓަގަރީގެ 64 ޕަސެންޓަކީ އަންހެނުން. 15 އަހަރު މާލޭގައި އުޅުންކަމަށް ސާބިތު ނުވެޔޭ ކިޔާފަ، އޮތް ކެޓަގަރީގެ 58 ޕަސެންޓަކީ އަންހެނުން.

ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މި ދަތިތަކާއި ކުރިމަތިވަނީ ގިނަ އަންހެނުންނަކީ ދަރިންނަށް ތައުލީމު ހާސިލްކޮށް ދިނުމަށް މާލެ އައިސް ގޭ ތެރޭގައި ކުރާ މަސައްކަތުން ވިޔަފާރިކޮށް އުޅުން ބައެއްކަމުން، ލިޔުން ހޯދާނެ އިދާރާއެއް، މުއައްސަސާއެއް ނެތުމުންކަމަށެވެ.

އެމްޑީޕީ ސަރުކާރުން ފްލެޓު ދިނީ މި ހުރިހާކަމަށްކަށް ރިއާޔަތްކޮށްފައިކަމަށާއި، އެގޮތުން ސުކޫލުގައި ކިޔެވި ލީވިން ސެޓިފިކެޓަކީވެސް މާލޭގައި އުޅުންކަން ދައްކުވައިދޭ ލިޔުމަކަށް އެމްޑީޕީގެ ސަރުކާރުން ރިޔާއަތްކުރި ނަމަވެސް މި ކަންކަން މި ސަރުކާރުން އުވާލާފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން މި މައްސަލަ ބަލަމުންދާކަމަށް ފާހަގަކޮށް ރޮޒައިނާ ފާހަގަކުރެއްވި ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރިއެވެ.

މަޖިލީހުގައި މި މައްސަލަތައް ރަނގަޅަށް ބެލެނީ އެމްޑީޕީގެ މެޖޯރިޓީ އޮތުމުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީގެ މެޖޯރިޓީ މިހާރު މަޖިލީހުގައި ނެތް ނަމަ މި ފްލެޓުތައް ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ބޭނުންވާ ގޮތަކަށް ބަހާލާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި 20 އިންސައްތަ އަންހެނުން ބޭތިއްބުމަށް ސްޕޮންސަރ ހޯދައިވައިދެއްވައިގެން ނަމަވެސް އަންހެނުން ނެރޭނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ރޮޒައިނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަނީ އެންމެ 2 އަންހެނުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މިހާރު ތިބި މަދު އަންހެނުންކޮޅަށް މަޖިލީހަށް ވާދަކުރަން ފަންޑުކޮށްދިނުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.

މަޖިލީހަށް ކުރިމަތިލާފައި ތިބި އަންހެނުންގެ އަދަދު މަދުކަމަށްވާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިކަމުގެ ސަބަބަކީ ފަންޑު ނެތުންކަމަށާއި، އަދި ކުރިމަތިވާ ފުރައްސާރައަކީ އަނެއް ސަބަބުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މިކަން ހުއްޓާލުމަށް ގޮވާލާފައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: