ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަމަސްވެރިން ތިބީ ހާލުގަޖެހުމާއި ގާތުގައި، ފައިސާ ދިނުުން އަވަސްކުރޭ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިން ތިބީ ހާލުގައި ޖެހުމާއި ގާތުގައިކަމަށާއި އެހެންކަމުން ސަރުކާރުން ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ހަވާލުކޮށްދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ. .

ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ފައިސާ ނުދެވި ލަސްވުމުގެ ސަަބަބުން ދަތިތަކެއް ކުރިމަތިވަމުންދާކަމަށާއި އެކަން ހައްލުކުރުމަށްޓަކައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމާލުމަށް ގިނަ ފަރާތްތަކަކުން ގޮވާލަމުންދާއިރު، ރޮޒައިނާވަނީ މި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގަރާރެއް ހުށައަޅުއްވާފައެވެ.

އޭނާ ވިދާޅުވީ  މަސައްކަތަށް ފައިސާ ނުލިބި ދެ މަސްދުވަހަށްވުރެ ދިގު މުއްދަތެއް ވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާތީ ސަރުކާރުން އެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ގޮވާލައްވާކަމަށެވެ. ރޮޒައިނާ ވިދާޅުވީ މަސްވެރިކަމާއި ބޭހޭ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި މަސްވެރިންނަށް އެ މަސައްކަތްަތަކުން އެކަށީގެންވާ ނަފާއެއް ލިބިގެންދާކަން ކަށަވަރުކުރުން ހިމެނޭކަމަށްވާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ހިމެނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިންނަކީ ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަމަށްވާއިރު، އެ މީހުންނަށް ހައްގުވާ ފައިސާ އެމީހުންނަށް ލިބޭނެ އިންތިޒާމުތައް ވެފައިވާ ވައުދާއި އެއް ގޮތަށް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. ރޮޒައިނާ ވިދާޅުވީ، މިހާރު ފައިސާ ނުލިބި ދިގު މުއްދަތެއް ވެފައިވާއިރު، ރަމަޟާން މަސްވެސް އިންތިހާއަށް ގާތްވެފައިވާކަމަށެވެ. އެހެންކަމުން އެކަމުގެ ދަތިތައްވެސް ކުރިމަތިވެގެންދާނެކަމަށާއި އާއިލާތަކުގެ ދެމެހެއްޓެނިވިކަން ބިނާވަނީ މަހަށް ގޮސް ހޯދާ އާމްދަނީގެ މައްޗަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. ރޮޒައިނާ ވިދާޅުވީ، މަސްވެރިންނާއި އާއިލާތައްވެސް ތިބީ ހާލުގައި ޖެހުމާއި ގާތުގައިކަމަށެވެ.

އޭނާ ވިދާޅުވީ، މަސްވެރިންނާއި އާއިލާތަކަށް ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިތައް ދިމާވެ ދުވަސްތަކެއްވެސް ވެފައިވާކަން މަސްވެރިން ހިއްސާކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށްވުމުން އަވަސް ފިޔަވަޅުތަކެއް އަޅައި މަސްވެރިންނަށް ހައްގު ފައިސާ ހަވާލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ. ަަަަަަަަަަަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: