ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް ތައިލެންޑާއި ދުބާއީއަށް ދެވޭނެކަމަށް ބުނި ވާހަކައަށް ރޮޒެއިނާގެ ފާޑުކިޔުން!

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއިމެދު ގެންގުޅެމުންދާ ސިޔާސަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާއިން ލިބޭ ބޭސް ފަރުވާގެ ހިދުމަތުގެ އަގާ އަޅާކިޔާއިރު، ތައިލެންޑާއި ޑުބާއީގައި އެ ހިދުމަތްތަކުގެ އަގު ބޮޑުކަމަށް ބުނެ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަކަށް އަލިއަޅުވައި ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިންޑިއާ އިން ލިބެމުންދާ ހިދުމަތް ތައިލެންޑުން ލިބިގަންނައިރު، އަގު ބޮޑުކަމަށެެވެ. އެހެންކަމުން އެ ތަފާތުތަކާއިއެކު ކިތަށް މީހުންނަށް އާސަންދައިގެ ހިދުމަތް ދެވޭނެތޯ ރޮޒައިނާ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓުގެ އެންމެ މަތީ އަދަދުވެސް ކަނޑައަޅާފައިވުމުން، ބޮޑުވެގެންދާ އަގުތަކާއިއެކު ބަޖެޓުން ހިދުމަތް ދެވޭނެ މީހުންގެ އަދަދުތައް ދަށްވެގެންދާކަމަށެވެ. އެހެންކަމުން ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ތެރެއިން ބައެއް މީހުންނަށް ހިދުމަތް ދިނުމަށްފަހު ބާކީ ރައްޔިތުން ދަތިކަމުގެ ތެރޭގައި އުޅުމަށް ދޫކޮށްލަނީތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، އާސަންދައިން އެންމެނަށް ހުރިހާ ކަމަކަށް ކަވަރެޖު ނުދޭކަމަށާއި، އަމިއްލަ އަތުން ހަރަދުކޮށްގެން ގޮސް އިންޑިއާއިން ހިދުމަތްތައް ހޯދާ އެތައް ބަޔަކު އުޅޭކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ދިމާވަނީ ޑޮކްޓަރުން ރެކޮމެންޑޭޝަން ސިޓީ ނުދިނުމުން މަޖުބޫރުވެގެންކަމަަށެވެ. އެހެންކަމުން އެ މައްސަލަ އަށް ހައްލެއް ގެނެވިފައިނުވާއިރު، ތައިލެންޑާއި ޑުބާއީއަށް ދިއުމުގެ ފެންވަރު ރައްޔިތުންގެ ކިބައިގައި ނުހުންނާނެކަަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދައިގެ ހިދުމަތް ނުލިބޭ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ހޯދުމަށް މާލެއަށް އައިސް ހުރުމަށްވުރެ އިންޑިއާއަށް ދަތުރުކުރުންވެސް ހަރަދުކުޑަކަމަށެވެ. ރޮޒައިނާ ވިދާޅުވީ، މާލޭގައި ހުރުމުގެ ހަރަދު އިންޑިއާގައި ހުރުމުގެ ހަރަދަށްވުރެ ބޮޑުވާނެކަމަށެވެ. އަދި މާލޭގެ ޕްރައިވެޓު ހޮސްޕިޓަލެއްގައި ސާޖަރީގެ އަގުވެސް ބޮޑުވާނެކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ރައްޔިތުންނަށް ޑުބާއީއަށާއި ތައިލެންޑަށް ނުދެވޭނެކަމަށެވެ. އޭނާ ވިދާޅުވީ،  ދެމަފިރިއަކު ބޭސް ފަރުވާ ހޯދުމަށް އިންޑިއާއަށް ދާ ނަމަ އެ މީހުންގެ ދަރިވެސް ގޮވައިގެން ދިއުމުގެ ފުރުސަތު އޮންނަކަމަށެވެ. ސަބަބަކީ ޓިކެޓު އަގުހެޔޮވުންކަމަށާއި އެހެންކަމުން އާސަންދައިން ޑުބާއީއަށާއި ތައިލެންޑަށް ދިއުމަށް ދަރީގެ ޓިކެޓު ކަވަރުކުރާނެތޯ އޭނާ ސުވާލުކުރެއްވިއެވެ. ރޮޒައިނާ ވިދާޅުވީ، މިއީ ރައީސް މުއިއްޒު އުފެއްދެވި މައްސަލައެއްކަމަށާއި ދައްކަވަމުންދަނީ ހައްލެއް ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
71%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 15%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ރޮޒެއިނާ މެންނަށް ތަ ހަމަ އެކަނި އެތަންތަނުން ބޭސް ފަރުވާ ކުރަންޖެހޭނީ

  2. ނުބެހޭކަމެއް ނެތޭ….!!!! ރައިއްޔަތުންނަން ރަގަޅަންކުރާހުރިހާ ކަމަކަށް މިރޮޒޭ އަގަލާނެ…އެކަމެއްވިޔަނުދޭން އަގަލާނެ…..އާފަހެ މީނަގެ އާއިލާ އަށާއި މިދެމަފިރިންނަން ރައިއްޔަތުންގެ މާލިއްޔަތުން ހުރިހާޤަޢުމަކުން ބޭސްފަރުވާކުރެވޭ ވިއްޔާ…..!! ދެން ނިކަމެތިންނަން އެއްޗެއްލިބެންޏާ ޙަޖަމެއްނުވާނެ….😡

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: