ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާ ޕީއެންސީއާއި ގުޅެން އުޅޭ ވާހަކަ ދޮގުކޮށްފި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓިއިން ވަކިވާން އުޅޭކަމުގެ ވާހަކަ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދޮގު ކުރައްވައިފިއެވެ.

ރޮޒައިނާ އެމްޑީޕީއިން ވަކިވެ. ޕީއެންސީއާއި ގުޅެން އުޅޭކަމަށް ބުނެ ހަބަރެއް ފެތުރީ ރާކަނި ނަމަކަށް ކިޔާ ވެބަސައިޓަކުންނެވެ.

މި ވާހަކަ ދޮގުކޮށް ރޮޒައިނާ ވިދާޅުވީ މިކަން އެކްސްއެއްކޮށް ސާފުކޮށްދިނީ މީހުން މިކަން ސާފުކުރުމަށް އޭނާއަށް ގުޅަމުންދާތީކަމަށެވެ.

ރޮޒައިނާ އެދިވަޑައިގެންފައިވަނީ އާދިއްތަ ދުވަހު އޮތް މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުލެއްވުމަށެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އަކީ އެމްޑީޕީގެ ލީޑަރޝީޕްގައިވެސް ހިމެނިވަޑައިގަންނަވާ، އެ ޕާޓީގެ އިސް މެންބަރެކެވެ. ނަމަވެސް އޭނާއަށް ޕާޓީގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވީ ނާކާމިޔާބީއެވެ.

މީގެ ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިއިވާ ރޮޒައިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: