ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދިވެހިން ފަލަސްތީނާއެކު” ފަންޑްރައިޒިންގ އިވެންޓަކާއިއެކު ހުކުރު ދުވަހު ހިގާލުމެއް މުޅި ރާއްޖޭގައި

ހުރިހާ ދިވެހިން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް ގެންދިޔަ ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތިބީ ފަލަސްތީނާއެކު ކަން ދެއްކުމަށް ހުކުރު ދުވަހު ފަންޑްރައިޒިން އިިވެންޓަކާއިއެކު ހިގާލުމެއް މުޅި ރާއްޖޭގައި ބާއްވަން ނިންމަފިއެވެ.

މި ހަރާކާތް ކުރިއަށްދަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަމަށްވެސް އައިއޭސީން ބުނެފައިވެއެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ މާލޭގެ އާޓިފިޝަލްބީޗް ސަރަހައްދުގައެވެ. އެގޮތުން މިއީ އެއްބައިވަންތަ ކަމުގެ ހަރަކާތެއް ކަމަށާއި، މިއީ ހަރާކާތް އޮންނީ 17 ވާ ހުކުރު ދުވަހު ކަމަށެވެ. ފުރަތަމަ ހަރަކާތުގެ ތެރެއިން އޮންނާނީ ހެނދުނު 11 ޖަހާއިރު ކޮންމެ މިސްކިތެއްގެ ބޭރުގައި ފަންޑު ފޮއްޓެއް ބެހެއްޓުން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހުޅުމާލޭގައި ވެސް މި ހަރަކާތް ކުރިއަށްދާނެ ކަމަށާއި، އެގޮތުން ކާރު އަދި ސައިކަލްތަކާއެކު ނުކުމެ ސެެންޓްރަލްޕާކް ކުރިމަތިން ފަންޑުރައިޒް އިވެންޓް ފެށިގެން ދާނެ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ މި ހަރާކާތުގައި ބައިވެރިވާނީ ކަޅު ކުލައިގެ ހެނދުމުގައި ކަމަށެވެ. އަންހެނުންނާއި އަދި ކުޑަކުދިންނާއި ސުކޫލުގެ ހުރިހާ ކުދިންވެސް ހަރަކާތުގައި ބައިވެރިވުމަކީ އެ ޖަމިއްޔާއިން އެދޭ ކަމެއް ކަމަށްވެސް ބުންޏެވެ.

މިފަދަ އެއްވުމެއް އެއްވި ނަމަވެސް އެއްވެސް ހަމަ ނުޖެހުމެއް ނުހިންގުމަށާއި، އެފަދަ ކަމަކަށް އެއްބާރުލުން އެއްވެސް ފަރާތަަަކުން ދީފިނަމަ އެއީ އެޖަމިއްޔާއި އެއްވެސް ގުޅުމެއް ހުރި ކަމެއްނޫން ކަމަށެވެ. މަގުސަދަކީ މިވަގުތު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ޔަހޫދީންގެ އަނިވެރި ލާއިންސާނީ އަނިޔާތަކުން ސަލާމަތް ކުރުން ކަމަށެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއްވިޔަސް ހެޔޮގޮތުގައި ހަދިޔާ ކުރެއްވުމަށާއި، މުސްލިމް އުއްމަތް އެއްބައިވަންތަ އުއްމަތެއް ގޮތުގައި ދެމިއޮތުމަށް ގޮވާލަން ޖެހޭ ކަމަށެވެ. އަދި ދުއާ ކުރުން މަތީ ދެމިިތިބުމަށްވެސް އިލްތިމާސް ކުރައްވާފަވެއެެވެ.

އެންމެފަހުން އިޒްރާއީލާއި ފަލަސްތީނާއި ދެމެދު ހަމަލާތައް އަމާޒުވެފައިވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އޭރު ހަމަލާތައް ހުއްޓުމަކަށްއައީ މަޝްވަރާތަކަށްފަހު އެތައްދުވަހެއްގެފަހުންނެވެ. މިހާރު އަނެއްކާވެސް ހަމަލާ ތައް ފަށާފައިވަނީ މީގެ ދެމަހެއްގެ ތެރޭގައިއެވެ.

އިޒްރާއިލުން ނުކުމެ ދިން ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނުކުމެ ދިން ހަމަލާގައި އިޒްރާއިލުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައި އޮއްވާ އިޒްރާއިލުންވަނީ ހަމަލާތައް ވަރުގަދަކޮށް ފަލަސްތީނުގެ ކުޑަކުދިންނާއި، އަންހެނުނަށް އަނިޔާކޮށް ނޭއްގާނީ އަމަލުތައް ހިންގާފަށާފައެވެ. އެ ހަމަލާތަކާއި އެކު ގެތައް ބިމާހަމަވަމުންދާއިރު، ކަރަންޓާއި ފެނާއި، އަދި ޒަރޫރީ ބޭނުންތަކުން ފަލަސްތީނުގެ ރައްޔިތުން ތިބީ މަހުުރޫމްވެފައެވެ.

މި ހަމަލާ ތަކަކީ ތާރީހުތަކުން ބުނާގޮތުން 75 ވަރަކަށް އަހަރު ކުރިންފެށިގެން އެ ދެގައުމުގެ ދޭތެރޭގައި އުފެދިފައިވާ ހަގުރާމައެކެވެ. އޭގެފަހުން ފަލަސްތީނުވަނީ އިޒްރާއީލުގެ އަޅުވެތި ކަމުގެ ދަށެގައެވެ. ފަލަސްތީނުގެ ބިމުން ބައެއް ނަގާ އިޒްރާއީލުގެ ރައްޔިތުންވަނީ އެ ގައުމުގައި ވަޒަންވެރިވެފައެވެ. ފަލަސްތީނުގެ މުޖާހިދުން ނުކުމެ މި ކުރާ ހަނގުރާމައަކީ މުސްލިމުންގެ ބިމަކަށް ޔަހޫދީންނަށް ވަޒަންވެރިވެގެންނުވާނެ ކަމަށްބުނެ ކުރަމުންދާ ކުރަމުންދާ ހަނގުރާމައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: