ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރުނުކުރުމަށް އެ ގައުމުން އެދިއްޖެ

ފަލަސްތީނުގެ ހައްގުގައި ދިވެހިން މަގުމައްޗަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެދި އެގައުމުގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ބާޔާނުގައި އެގައުމުގެ ރައްޔިތުންގެ ކިބައިން އިލްތިމާސްކޮށްފައި ވަނީ ރާއްޖޭގެ މަޝްރަހުދަނީ ގޯސް ވަމުންކަމަށާއި، އެ ގައުމުގެ ރައްޔިތުން މި ވަގުތު ރާއްޖެއަށް ދަތުރު ކުރުމަކީ ރަނގަޅު ކަމެއްނޫންކަމަށެވެ. އެގޮތުން މިބަޔާން ވަނީ އިޒްރޭލުގެ ނޫހެއްކަމަށްވާ އަރުޓްސް ޝެވާ އިން ރިޕޯޓް ކޮށްފައެވެ.

“އިޒްރޭލާ ދެކޮޅަށް ރާއްޖޭގެ މާހައުލު ދަނީ ވަރުގަދަވަމުން ކަމަށާއި އެހެންކަމުން އިޒްރޭލުގެ ރައްޔިތުން މި ދަނޑިވަޅުގައި ރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަން،” ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ފޮރިންމިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ދިވެހިން ތިބީ ފަލަސްތީނާއި އެކުކަން ހާމަކުރައްވާ މުޅި ރާއްޖޭގައި ވަނީ ހިގާލުމެއްވެސް ބާއްވާފައެވެ. އެ ހިގާލުމުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައިވެއެވެ. އަދި 12 އޮކްޓޯމްބަރުގައި ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ޤަރާރެއްވެސް ހުށައަޅުއްވައިފައެވެ.

ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުން.:ފޮޓޯ: މިހާރު

އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް އެ ޤަރާރުގައި ވަނީ ބުނެފައިވެއެވެ. އިސްރާޢީލުގެ ލާއިންސާނީ ޢަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިސްރާޢީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިސްރާޢިލުގައި އުފައްދާ އަދި އެޤައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާކުރުމަށް ވެސް ގަރާރާއި އެކު ގޮވާލާފައެވެ. އިސްރާޢީލާ ރާއްޖެއާދެމެދު އެއްވެސް ގުޅުމެއް ޤާއިމްކޮށްފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކޮށް އިސްރާޢީލުން ހިފަމުންދާ ފަލަސްތީންގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކޭކަމަށްވެސް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ލާއިންސާނީ ހަމަލާތައްދީ އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް ހިންގާ ޖަރީމާއިއިން ފަލަސްތީންގެ ރައްޔިތުންނަށް އަމާންކަން ހޯދުމައްޓަކާއި، ދިވެހިރާއްޖެއިން ދަނީ ބޮޑެތި އެހީތަކެއްވަމުންނެވެ، އެގޮތުން އެކި ރަށްރަށުގައި ފަންޑްރައިޒް އިވެންޓްތައް ބާއްވާ ފައިސާ ހޯދަމުންދާއިރު، ރާއްޖޭގެ ގިނަމީޑީޔާތަކެއް އެކުވެގެންވަނީ ޓެލެތޯންއެއްވެސް ބާއްވާފައެވެ.

ފެނާއި ކަރަންޓާއި، ކާބޯތަކެއްޗަށް ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޓެލެތޯން މެދުވެރިކޮށް އެކަނިވެސް 12 މިލިއަނަށްވުރެ ގިނަރުފިޔާވަނީ ހޯދިފައެވެ. މިހަރަކާތް ކުރިއަށްދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: