ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ސަރުކާރަށް މާލީ ގޮންޖެހުންތައް ބޮޑު، އެހީވާން ތައްުޔާރު: އައިއެމްއެފް

ރައީސް މުއިއްޒު އަދި އެމްޑީ ކްރިސްޓަލީނާ ޖޯރޖިއޭވާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯރޖިއޭވާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން އައިއެމްއެފްގެ އެމްޑީ ކްރިސްޓަލީނާވަނީ ރައީސް މުއިއްޒާއި ޑުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަރމެންޓް ސަމިޓުގެ ތެރެއިން ބައްދަލުކުރައްވާފައެވެ. އަދި އޭނާ ވަނީ ދިވެހިރާއްޖެއަށް ހަރުދަނާ ގޮތެއްގެ މަތިން އެކުލަވާލެވިފައިވާ މާލީ އިސްލާހުތަކެއްގެ ބޭނުންޖެހިފައިވާ ވާރުގެ މައްޗަށް އަލިއަޅުއްވާފައިކަމަށްވެސް ބުނެފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރަށް ވެރިކަމާއި ހަވާލުވުމާއިއެކު ބޮޑެތި މާލީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވާކަމުގެ މައްޗަށް އަލިއަޅުއްވައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބާރު އަޅުއްވާފައިކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ކްރިސްޓަލީނާވަނީ ރައީސް މުއިއްޒު އެ މައްސަލަތައް ހައްލުކުރެއްވުމަށް ގެންގުޅުއްވާ ވިސްނުން ބަލައިގަނެފައިކަމަށާއި، އޭނަވަނީ އެމަނިކުފާނު ރާއްޖޭގެ ޕަބްލިކް ސެކްޓަރ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އިސްލާހުތަކަށްވެސް ތައުރީފުކުރައްވާފައިކަމަށް ބުނެފައިވެއެވެ. އަދި އެއީ އެކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ދެމެހެއްޓިނިވި ގޮތެއްގެ މަތިން ފުޅާކުރުމުގެ މަގުފަހިވެގެންދިއުމުގެ ފުރުސަތު އޮތުމުންކަމަށް އޭނާ ދެކޭތީކަމަށާއި އިސްލާހުތަކުގެ ސަބަބުން ހައްލުތައް އަންނާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް އޭނާ ހިއްސާކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭނާ ވަނީ ރައީސް މުއިއްޒު ދިވެހިރާއްޖޭގެ އާންމުންނާއި ދެމެދު ގުޅުންތައް ދަމަހައްޓަވަމުންދާ ގޮތާއިމެދުވެސް ތައުރީފުކުރައްވާފައިކަމަށް ބުނެފައިވެއެވެ. އެގޮތުން ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެފުށް ފެންނަ ގޮތަށް މައުލޫމާތު ދޭކަން ފާހަގަކޮށްފައިވާކަމަށާއި ކްރިސްޓަލީނާވަނީ ދިވެހިރާއްޖެއަށް އައު އިންވެސްޓުމެންޓުތަކަށް ބޭނުންޖެހިފައިވާމަށްވެސް ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކްރިސްޓަލީނާވަނީ ރައީސް މުއިއްޒު އާއި ބައްދަލުކުރެއްވުނުކަން އޭނާގެ އަމިއްލަ ޓްވިޓަރ މެދުވެރިކޮށްވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުއާއި ބައްދަލުކުރެއްވިފައިވުމާއިމެދު އުފާކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ދިވެހިރާއްޖޭގެ ކަންކަން އަމާން އޮމާން މަގަކަށް ގެންދެވުމަށް ގެންގުޅުއްވާ ވިސްނުންތައް ހިއްސާކުރެއްވިކަމަށާއި އައިއެމްއެފްއިން ރާއްޖެއަށް އެހީތެރިކަން ފޯރުވުމަށް ތައްޔާރުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: