ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ދަރަނިތައް ނުދެއްކިދިއުމުގެ ފުރުސަތު އިންތިހާއަށް ބޮޑު: އައިއެމްއެފް

ދައުލަތުން ލަފާ ކުރާ ބަޖެޓު ފޮތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ފުރުސަތު އިންތިހާއަށް ފަހިކަމަށް އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑު(އައިއެމްއެފް) އިން ބުނެފައިއެވެ.

އައިއެމްއެފްއިން ވަނީ މި އަހަރުގެ ތެރޭގައި އެ ވުޒާރާއިން ރާއްޖެއަށް ކުރި ޒިޔާރަތުގައި ލިބިފައިވާ މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ބަޔާނެއް އާންމުކޮށް އެ ހާލަތުން އަރައިގަތުމަށް ބައެއް އިރުޝާދުތައް ވެސް ދީފައެވެ.

އައިއެމްއެފްއިން ބުނެފައިވާގޮތުން މާލީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ނުގެންނަ ހާލަތުގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ދަރަނީގެ މައްސަލަވެސް މަތީގައި ހުންނާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި ރާއްޖެ މިވަގުތު އޮތީ ބޭރުގެ ދަރަންޏާއި ގައުމުގެ ޖުމުލަ ދަަރަނިތައްވެސް ނުދެއްކިދާނެ ފަދަ ހާލަތެއް މެދުވެރިވުމާއި އިންތިހާ ގާތުގައިކަމަށްވެސް ބުނެފައިވާާއިރު، ތެލުގެ ހަރަދުތައް ބޮޑުވެގެންދިއުމާއި އިމްޕޯޓު ޑިމާންޑު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެކައުންޓު ޑެފެސިޓުވެސް ބޮޑުވާނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް މެދު ރާސްތާގައި އެ މައްސަލަ މަޑުމަޑުން ހައްލުވެގެން އަންނާނެކަމަށް ފެންނަކަމަށްވެސް ހިއްސާކޮށްފައިވާއިރު، ރާއްޖެ އޮތީ މޫސުމީ މައްސަލަތަކުގެ ދަތިތަކުގެ ނުރައްކާތައްވެސް ކުރިމަތިވެގެންދިއުމުގެ ފުރުސަތު އޮތް ހާލަތުގައިކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފެންބޮޑުވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުސަތުތައް އޮތްކަމަށް އަލިއަޅުވާފައިވެއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުން ޕެންޑެމިކްގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ އިގްތިސާދު އަނބުރާ އިޔާދަކުރުމުގައި ރާއްޖެއަށް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާއިރު، ފުޅާވަމުންދިޔަ ރޭޓު މިހާރުވަނީ އާދައިގެ މިންގަނޑެއްގެ ތެރެއަށް އައިސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާނެކަމަށް ލަފާކުރެވެނީ އަހަރަކު 5.2 އިންސައްތައިންކަމަށާއި ފަތުރުވެރިން އަންނަ މިންގަނޑުތައް އިތުރުވެގެންދާން އަންދާޒާކުރެވޭއިރު ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ސިޔާސަތުތަކަށް ބޮޑެތި ކުއްލި ބަދަލުތައް ގެންނަން ޖެހިފައިވާކަމަށް ބުނެފައިވެއެވެ.

އައިއެމްއެފްއިން ބުނެފައިވާގޮތުން ރާއްޖޭގައި މާލީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން މުހިންމުވާއިރު، އެއާއިއެކު މިހާރަށްވުރެ ރަނގަޅު މާލީ ސިޔާސަތުތަކަކާއި މަސައްކަތްކުރުމުގެ އުސޫލުތަކެއްވެސް ތަންފީޒުކުރެވެންޖެހެއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުން ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން މިފަދަ ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ދަނީ އެ ކަންކަން ހައްލުކުރުމަށްޓަކައި މާލީކަންކަން އިސްލާހުކޮށް އައު ސިޔާސަތުތަކެއް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެވޭކަމަށާއި އަވަސްކޮށް ތަންފީޒުކުރުމަށްވެސް އަހައްމިއްޔަތު ދޭކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: