ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެ: އައިއެމްއެފް

އައިއެމްއެފް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސް ހީނަރުވެގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އައިއެމްއެފްއިން އިންޒާރު ދީފިއެވެ.

ދުނިޔޭގެ މާލީ ވުޒާރާއެއް ކަމަށްވާ އައިއެމްއެފް އިން ބުނެފައިވާގޮތުން، “އެންމެ ދަތި ދުވަސްވަރުން އައުން އޮތީ ކަމަށެވެ. އަދި ގިނަ މީހުންނަށް 2023 ވެގެންދާނީ އިގްތިސާދީ އަދި މާލީ ގޮތުން އިންތިހާއަށް ދަތި ދުވަސްވަރަކަށް ކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފް އިން ލަފާ ކުރާ ގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންގަނޑުތަކަށް 2.7 އިންސަތައިގެ ވެއްޓުމެއް އަންނާނެއެވެ. މި އަދަދަކީ، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ޗައިނާގެ ހާލަތު ދަށްވުމުގެ ސަބަބުން އިގްތިސާދީ މިންގަނޑުތައް ވެއްޓިގެންދާނެ ކަމަށް ލަފާ ކުރި ވަރަށްވުރެވެސް އިތުރު އަދަދެކެވެ.

އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއޭރ އޮލިވިއޭރ ވިދާޅުވާގޮތުން، 2022 ނުވަތަ 2023 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދުގެ ތިން ބައި ކުޅަ އެއްބަޔަށް ހީނަރުކަމެއް އަންނާނެއެވެ. އަދި ދުނިޔޭގެ އެންމެ ވަރުގަދަ ތިން އިގްތިސާދު ކަމަށްވާ އެމެރިކާ، ޔޫރަޕު އަދި ޗައިނާގެ އިގްތިސާދު މަޑު ޖެހެމުންދާނެއެވެ.

އައިއެމްއެފްއިން ގަބޫލު ކުރާ ގޮތުން ދުނިޔޭގެ އިންފްލޭޝަން ރޭޓުތައް އެންމެ މައްޗަށް ދާނީ 2022 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ. އަދި މާލީ މުއައްސަސާތަކުން އެކަމާއި ދެކޮޅަށް މަސައްކަތްތަކެއް ކުރި ނަމަވެސް ލަފާ ކުރާ ވަރަށް ވުރެ ދިގު މުއްދަތަކަށް މި ރޭޓުތައް އުފުލިފައި ހުންނާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. BML … ބޭންކް އޮފް މަލްޑިވިއަން ލޭބޯ. ދިވެހި ރައްޔިތުންގެ ލޭބޯ ބެންކް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: