ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހަމަނުޖެހުން ހުއްޓުވުމަށް ރައީސް ސާލިހު ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްތައް ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ބައިނަލްއަގުވާމީ މުޖުތަމައުތަކަށް ގޮވާލައްވައިފިއެވެ.

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ލާއިންސާނީ އަނިޔާތަކެއް ދެމުންދާއިރު، ރައީސް ސާލިހުވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ސަރަހައްދުގައި ހުރި އަލް އަހްލީ ހޮސްޕިޓަލަށް އިސްރާއީލުން ދީފައިވާ ހަމަލާ ކުށްވެރިކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ އެ ގައުމުންވަނީ ހޮސްޕިޓަލްތަކަށާއި އަސްކަރީ ނޫން ތަންތަަނަށް ހަމަލާތައް ދީފައިކަމަށާއި އަމަލުކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށްކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި އަމަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ބާރުއެޅުމަށް ގޮވާލައްވާކަމަށާއި އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުވޭނެ މަގެއް ގާއިމުކުރުމަށްވެސް ގޮވާލާކަމަށެވެ.

ފަލަސްތީނުގެ ހަމަނުޖެހުންތަކާއިމެދު ރައީސް ސާލިހު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓަރު އދގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ އެމަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓުން އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ޕޯސްޓެއްކޮށްފައެވެ. ޝާހިދު ވިދާޅުވީ ރޮކެޓު ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އިސްރާއީލުން އަމަލުކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: