ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ޤަރާރެއް

މަޖިލީސް ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށައެޅުއްވި މި ގަރާރުގައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިސްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށްފައެވެ. އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުއްވެރިކޮށް އެއަނިޔާތަށް ހުއްޓާލާ ފަލަސްޠީނުގައި އިންސާނީ ހައްގުތަށް ކަށަވަރުކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ ހުށައެޅި މި ގަރާރުގައި، 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް މިޤަރާރުގައި ވަނީ ބުނެފައިވެއެވެ.

މި ޤަރާރުގައި ވަނީ، އިސްރާޢީލުގެ ލާއިންސާނީ ޢަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިސްރާޢީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިސްރާޢިލުގައި އުފައްދާ އަދި އެޤައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާކުރުމަށް ގޮވާލާފައެވެ. އަދި އިސްރާޢީލާ ރާއްޖެއާދެމެދު އެއްވެސް ގުޅުމެއް ޤާއިމްކޮށްފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކޮށް އިސްރާޢީލުން ހިފަމުންދާ ފަލަސްތީންގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކޭކަމަށްވެސް ސަޢުދު ހުށައެޅުއްވި ޤަރާރުގައިވެއެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: