ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ ހުއްޓާލާނީ ތިން ޝަރުތެއް ފުރިހަމަވީމަ: ބެންޖަމިން ނެތަންޔާހޫ

ކެނެޑާގެ ބޮޑުަވަޒީރާއި އިސްރާއީލުގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގައި ހަމަޖެހުން ގާއިމުވެގެންދާނީ އިސްރާއީލުގެ ތިން ޝަރުތެއް އޮތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުން ފަލަސްތީނުގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހަމާސް އެއްކޮށް ނައްތާލުމާއި، ޣައްޒާއިން އަސްކަރީ ބާރުތައް ނައްތާލުމުގެ އިތުރުން ފަލަސްތީނުގެ މުޖުތަމައު ހަރުކަށި ފިކުރުން ދުރުކުރުން ހިމެނެއެވެ.

ނެތަންޔާހޫ ބުނެފައިވާގޮތުން، ހަމާސް ނައްތާލުމުގެ މަސައްކަތްތައް ކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށްކަމަށެވެ. އަދި ހަމާސްއިން ފަލަސްތީނުގެ ރައްޔިތުން އައްޑަނަތަކެއްގެ ގޮތުގައި ބޭނުންކުރަމުންދިއުމުގެ ސަބަބުން ދަތިތައް ކުރިމަތިވާނަމަވެސް އެކަން އެމަގުން ކުރާނެކަމަށް މަޝްހޫރު މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ނެތަންޔާހޫ ހިއްސާކޮށްފައިވެއެވެ.

ހަމާސްއިން ޣައްޒާގެ ހޮސްޕިޓަލްތައް ބޭނުންކުރާކަމަށް އެމެރިކާއިންވެސް ތުހުމަތުކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެންމެ ބޮޑު ހޮސްޕިޓަލުތަކުގެ އަޑީގައި ހޮހަޅަތައް ބިނާކޮށްގެން އަސްކަރީ ހަރަކާތްތައް ހިންގުމާއި ރަހީނުން ހިފެހެއްޓުންފަދަ އަމަލުތައްވެސް ހިންގާކަަމަށް ތުހުމަތުކޮށްފައިވެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 7%ވަރަށް ދެރަ 76%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: