ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ގާތުން އިސްރާއީލުގެ ކަނޑު އުޅަނދަކަށް ހަމަލާ ދީފި!

އެމްވީ ކެމް ޕްލޫޓޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ގާތުން ދަތުރުކުރަމުންދިޔަ އިސްރާއީލުގެ ކަނޑު އުޅަނދަކަށް ހަމަލާ ދިނުމާއިއެކު އެ ގައުމުން އަރަބި ކަނޑުގެ ސަރަަހައްދަށް އަސްކަރީ ކަނޑު އުޅަނދުތަކެއް ފޮނުވުމަށް ނިންމައިފިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިންޑިއާ ކަނޑުގެ ސަރަހައްދުން އިސްރާއީލުގެ ވިޔަފާރި އުޅަނދަކަށް ހަމަލާދިނުމާއިއެކު، އެ ގައުމުންވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އަރަބި ކަނޑުގެ ސަރަހައްދަށް ގައިޑެޑް މިސައިލް ޑިސްޓްރޯޔާރ އަސްކަރީ ކަނޑު އުޅަނދުތަކެއް ފޮނުވުމަށް ނިންމާފައެވެ. ސަބަބަކީ އެ ފަދަ އަމަލުތައް ހިންގާ މީހުން ޖެހިލުންކުރުވުންކަަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، މިހާރު އެ މުއައްސަސާއިންދަނީ މައްސަލައާއި ގުޅޭ ތަހުގީގުތައް ކުރަމުންނެވެ. އަދި އެމްވީ ކެމް ޕްލޫޓޯ ކިޔާ އެ އުޅަނދަށް ހަމަލާއެއް ދީފައިވަނީ ޑްރޯން ބޭނުންކޮށްގެންކަމަށް ފުރަތަމަ ބެލި ބެލުންތަކުން ފެނިގެންދާކަމަށެވެ. އަދި ހަމަލާ އައި މަގާއި ބާވަތާއި ބޭނުންކޮށްފައިވާ ގޮވާ މާއްދާގެ އަދަދުތައްވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެނގިގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެއްކަމަށް އެމެރިކާއިން ތުހުމަތުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ގައުމުގެ ފަރާތުން މީޑިއާތަކާއި ހިއްސާކުރި ގޮތުން، އެއީ އެއްވެސް ސަބަބެއް އަދި ހެއްކެއްވެސް ނެތި އެމެރިކާއިން ދައްކަމުންދާ ވާހަކަތަކެކެވެ.

އެމެރިކާއިން ބުނެފައިވާގޮތުން އެމްވީ ކެމް ޕްލޫޓޯ އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށް ހަމަލާ ދިނީ އީރާނުންނެވެ. އަދި އެކަން ކޮށްފައިވަނީ ޑްރޯން މެދުވެރިކޮށްކަމަށާއި އެ މައްސަލަ ޖެހިގެންދިޔައީ އެމެރިކާގެ ބެލުމުގެ ދަށުން ރެޑްސީގައިވެސް އެފަދަ ބައެއް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދަނިކޮށްކަމަށްވެސް ހާމަކޮަށްފައިވެއެވެ.

އިންޑިއާއިން މި މައްސަލައާއި ގުޅިގެން އަރަބި ކަނޑަށް ފޮނުވަން ނިންމާފައިވަނީ އެންމެ ފަހުގެ އަސްކަރީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އުޅަނދުތަކެކެވެ. އެގޮތުން އައި އެސް އެސް މޮރްމުގާއޮ އާއި އައިއެންއެސް ކޮއްޗީގެ އިތުރުން އައިއެންއެސް ކޮލްކަތާ ކިޔާ ގައިޑެޑް މިސައިލް ޑިސްޓްރޯޔާވެސް ފޮނުވާފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: