ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އަނެއްކާވެސް އީރާނަށް ހަމަލާދީފި

އިސްރާއީލާއި އީރާނުގެ ދިދަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުން އިސްރާއީލަށް އަމާޒުކޮށް ދާދި ފަހުން ދިން ވައިގެ ހަމަލާގެ ބަދަލު އެ ގައުމުން ހިފާފައިވާކަމަށް ބެލެވޭ ފަދަ ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން އެކަން ކަށަވަރުކޮށްދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އިސްރާއީލުން ސީރިއާގައި ހުންނަ އީރާނުގެ ހާރިޖީ މަސައްކަތްތައް ކުރާ އިމާރާތަކަށް ދިން ހަމަލާގެ ބަދަލުގެ ގޮތުގައި އީރާނުންވަނީ ދާދި ފަހުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އެކަމަށް ބަދަލު ހިފުމަށް އިސްރާއީލުން ތައްޔާރުވަމުންދިޔައިރު، އެ ގައުމުގެ އެންމެ އިސް އެއް ބައިވެރިޔާކަމަށްވާ އެމެރިކާއިންނާއި ބައެއް އެހެނިހެން ފަރާތްތަކުންވެސް ހަނގުރާމަ އިތުރަށް ފުޅާވެގެންދާ ފަދަ އަމަލެއް ނުހިންގުމަށް އެ ގައުމަށް އިރުޝާދު ދީފައިވެއެވެ.

އީރާނުން ބުނާގޮތުން އެ ގައުމުން އިސްރާއިލަށް ދީފައިވާ ބަދަލު ހިފުމުގެ ހަމަލާއަކީ އދއިން ކަނޑައަޅާ ފާސްކޮށްފައިވާ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ދީފައިވާ ހަމަލާއެކެވެ. އެހެންކަމުން އެކަމަށް ބަދަލުގެ ގޮތުގައި އިސްރާއީލުން ހަމަލާ ދީފި ހާލަތެއްގައި އަނެއްކާވެސް އީރާނުން ހަމަލާގެ ރައްދު ދޭނެކަމަށް ހިއްސާކޮށްފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އިސްރާއީލުންވަނީ ހަނގުރާމަ އިތުރަށް ފުޅާނުކުރުމަށް ދީފައިވާ އިރުޝާދުތަކަށް ބެލުމެއް ނެތި އަނެއްކާވެސް އީރާނަށް ހަމަލާ ދީފައެވެ. އީރާނުގެ މީޑިއާތަކުން ބުނާގޮތުން ބާރު އެ ގައުމުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވެއެވެ. އަދި އެއީ މައި ރަށެއްކަމަށްވާ އިސްފަހާންގެ އެއަރޕޯޓާއި ގާތުން ގޮވި ގޮވުންތަކެއް ކަމަށްވެސް ބުނެފައިވާއިރު، އެ ގައުމުގެ ބައެއް މީޑީއާތަކުންވަނީ އެމެރިކާގެ ނަން ހަމާނުކުރާ އޮފިޝަލުންތަކަކަށް ހަވާލާ ދީ ހަމަލާއަކީ އިސްރާއީލުން ދީފައިވާ ހަމަލާއެއްކަށް ތުހުމަތުކޮށްފައެވެ.

އީރާނުންވަނީ އެ ގައުމުން ބޭރަށާއި އެ ގައުމަށް ކުރާ ވައިގެ ދަތުރުތައް ކެންސަލްކޮށްފައެވެ. އަދި ސަރަހައްދީ އިމުގެ ތެރޭގައި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާކަން ދައުރުވަމުންދާ ވީޑިއޯތަކުން ފެނިގެންދެއެވެ. އަދި މިކަމާއި ގުޅިގެން އެމެރިކާ އާއި އިސްރާއީލުގެ ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން ޖަވާބެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ލިބިފައިނުވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އެހެންނަމަވެސް ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ހަމަލާ ދިން ކަން ކަށަވަރުކޮށްދީފައެވެ. އަދި ހަމަލާތައް އަމާޒުކުރި 7 ތަނަކަށް ވާސިލުވެފައިވާކަމަށްވެސް އެ ގައުމުން މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ. މި ހަމަލާތަކުގެ ތެރެއިން ނިއުކްލިއާރ ފެސިލިޓީތަކަކަށް ގެއްލުންތައް ލިބިފައިވާކަމަށްވެސް ބައެއް ފަރާތްތަކުންދަނީ ބުނަމުންކަމަށްވާނަމަވެސް އިސްރާއީލުންނާއި އީރާނުގެ ރަސްމީ މަސްދަރަކުންވެސް އެކަން ކަށަވަރުކޮށްދީފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: