ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އިސްރާއީލުގެ މައްސަލަ ބެލުމަށް ހުށައަޅައިފި

އިސްރާއީލުން ޢައްޒާއަށް ވައިގެ ހަމަލާތައް ދޭ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގެ ފަސްގަނޑުގައި ޖަރީމާތަކެއް ހިންގާފައިވޭތޯ ބެލުމަށް ފަސް ގައުމަކުން ހުށައަޅާފައިވާކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާރ ކަރީމް ހާން ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ފަސް ގައުމަކުން ހުށައަޅާފައިވަނީ، ހަމާސްއިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރޭގައި ޖަރީމާތަކެއް ހިންގާފައިވޭތޯ ދެނެގަތުމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ސައުތު އެފްރިކާ، ބަންގްލަދޭޝް، ބޮލިވިއާ ކޮމޮރޮސް އާއި ޖިބޫޓީކަމަށެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާގޮތުން، ބައިނަލްއަގުވާ ކޯޓު އެކުލަވާލުމަށްޓަކައި ގާއިމުކުރި ރޯމް ސްޓެޗޫ އެއްބަސްވުމުގެ ދަށުން، މެމްބަރު ގައުމުތަކަށް މައްސަލަ ހުށައެޅޭ ހާލަތްތައް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން، ކޯޓުގެ އިހްތިސާސް ހިނގާ ސަރަހައްދެއްގައި އެއް ކުށަށް ވުރެ ގިނަ ކުށަށް އަރައިގަނެފައިވާކަމަށް ފެނިއްޖެ ހާލަތެއްގައި ޕްރޮސެކިއުޓާރއަށް އެ މައްސަލަ ބެލުމަށް އެދެވިދާނެކަމަށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ކޯޓުންދަނީ 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޣައްޒާ އަދި ފަލަސްތީނުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ޖަރީމާތަކެއް ހިންގާފައިވާކަމުގެ ތަހުގީގުތަކެއް މިހާރުވެސް ކުރެވެމުންދާކަމަށެވެ. އަދި ރަސްމީގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ފެށިފައިވާ ތަހުގީގުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހަށްފަހު ފެށިފައިވާ މައްސަލަތައްވެސް ތަހުގީގުކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 15%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: