ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުގެ އާންމުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވާ: ބްލިންކެން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގުގައި ދިރިއުޅޭ މީހުންނާއިމެދު އެ ސަރަހައްދަށް ވަޒަންވެރިވަމުންދާ އިސްރާއީލުގެ ރައްޔިތުން ހިންގަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސްކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ބާރުއަޅުއްވައިފިއެވެ.

އެމެރިކާގެ ހާރިޖީ މަސައްކަތްތަކުގައި އިސްކޮށް ހުންނަވާ ފަރާތެއްކަމަށްވާ ބްލިންކެން އެ އިލްތިމާސް ކުރެއްވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމައިގެ ދުވަސްވަރަށް އެކުލަވާލާފައިވާ ކެބިނެޓުގެ މެމްބަރެއްކަމަށްވާ ބެނީ ގެންޓްސްއާއިކު ކުރިއަށް ގެންދިޔަ ފޯނު ކޯލެއްގައެވެ. އޭނާވަނީ އެ ސަރަހައްދުގައި މައްސަލަ ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި އޭނާވަނީ އެ ސަރަހައްދަށް ވަޒަންވެރިވާ މީހުންގެ ކިބައިން ހަރުކަށި އަމަލުތައް ފެންނަމުންދާކަމަށް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޣައްޒާއަށް އެހީ ފޯރުވުމުގެ މަސައްކަތްތައް ފުޅާކޮށް އަވަސްކުރަންޖެހޭކަމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ދޫކުރުވުމަށްވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި މިހާރު އޮތް ވަރަށްވުރެ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް މަސައްކަތްކުރުމަށްވެސް އޭނާވަނީ ބާރު އަޅުއްވާފައެވެ.

އދ އިން ބުނާގޮތުން، އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލައާއަށްފަހު، ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ވަޒަންވެރިވާ އިސްރާއީލުގެ ރައްޔިތުންގެ ފަރާތުން ހަރުކަށި އަނިޔާވެރި އަމަލުތައް ފެނިގެންދާ މިންވަރުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ކުރިން ދުވާލަކު ތިން ވަރަކަށް މައްސަލަ ފެންމަތިވާއިރު، މިހާރު ދުވާލަކު ހަތް މައްސަލަ ފެންމަތިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: