ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑެސީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގަބޫލު ކުރައްވައިފި އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ މިރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމި އެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް  ޔާމީން ހާމައެއް ނުކުރައްވަ އެވެ.

އަސާސީ ގަވައިދުގެ ދަށުން ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ނިކުންނަވާނެ ބޭއްފުޅެއް ކަނޑައެޅުމުގެ ބާރު ސެނެޓަށް ލިބިގެން ވެއެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދިނުމަށް ނިންމުމުން ގިނަ އަދަދެއްގެ އާއްމުން ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: