ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީގައި ރައީސް ޔާމީންއާ ވާދަކުރާނެ މީހަކު ނެތް: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ރިޔާސީ ޓިކެޓުދޭނެ ބޭފުޅެއް ނިންމުމަށް ޕްރައިމަރީއެއް ބޭއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާ ވާދަކުރާނެ ބޭފުޅަކު ނެތްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމަ ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އާދަމް ޝަރީފް އުމްރު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ ހުރިހާ ސަޕޯޓަރުންނާއި ޤައުމުދެކެ ލޯބިވާ އެއްމެންވެސް ބޭނުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ. އެހެންކަމުން ބޮޑު ޚަރަދުތަކެއް ކޮށްގެން ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ޕްރައިމަރީއެއް ބޭއްވިޔަސް ރައީސް ޔާމީންއާ ވާދަކުރަން ބޭނުންވާ އެކަކުވެސް ޕީޕީއެމްއާ ޕީއެންސީއަކު ނުހުންނާނެ “ އާދަމް ޝަރީޕް ވިދާޅުވިއެވެ.

https://twitter.com/Adamshareefz/status/1553998458159534080?t=LDV6S-PFP9ySIg8mAJql2A&s=19

ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް ނިންމުމުން ރައީސް ޔާމީންވަނީ އެކަން ޤަބޫލުކުރައްވާފައެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމި އެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް  ޔާމީން ހާމައެއް ނުކުރައްވަ އެވެ.

އަސާސީ ގަވައިދުގެ ދަށުން ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ނިކުންނަވާނެ ބޭއްފުޅެއް ކަނޑައެޅުމުގެ ބާރު ސެނެޓަށް ލިބިގެން ވެއެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދިނުމަށް ނިންމުމުން ގިނަ އަދަދެއްގެ އާއްމުން ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: