ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޖުރިބާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ތަޖުރިބާ ދަތުރެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 ބޭފުޅުން ހިމެނޭ ވަފުދެއް މިރޭ އިންޑިއާގެ ނިއުދިއްލީއަށް ފުރައިފިއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭގޮތުގައި މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެކެވެ.

މި ދަތުރުގައި ބައިވެރިވަޑައިގަންނަވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސާވިސްގެ 10 ބޭފުޅުންނެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

 އޯގަސްޓް 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ މި ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު ހޯއްދުމަށްވަނީ ހަމަޖެހިފައެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދަތުރުކުރީ 2020 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: