ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވާތު ކުރުމުގެ ނުބައިކަން! ބިރުވެތިވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އެއްޖިންސުން ކައިވެނި ކުރުން ހަރާމްކުރައްވާފައިވާއިރު، އެއްޖިންސުގެ މީހުންނާއެކު ގުޅުންހިންގާ ލިވާތުކުރުމަކީ، ކިހާ ވަރެއްގެ ކަމެއްތޯ ވިސްނާލަބަލާށެވެ. ޒިނޭގެ އުޤޫބާތައްވުރެއް ލިވާތުގެ އުޤޫބާތް ބޮޑުވެފައިވުމުން ދޭހަވަނީ ލިވާތުކުރުމުގެ ނުބައިކަމެވެ. ފާފައިގެ ބޮޑު ކަމެވެ. އުފެދޭ ސުވާލަކީ ދުނިޔޭގެ ވަގުތީ އުފަލަކަށްޓަކައި ތިމާގެ އުޙްރަވީ ހަޔާތް ނަގާލަނީ ހަމަ ނުވިސްނޭތީ ބާއެވެ. ނޫނެކެވެ. ޖާހިލީއެވެ! އެނގިހުރެ ފާފަކުރާ މީހާއަށްވުރެއް ނުބައި މީހަކީ ކާކުތޯއެވެ؟

އިސްލާމް ދީނުގައި ލިވާތު!

އިސްލާމްދީނުގައި ލިވާތު މާނަކޮށްފައިވަނީ ފިރިހެން ދެމީހަކު އެކަކު އަނެކެއްގެ ފަރާތުން ޖިންސީ އެދުންވެރިކަން ހާސިލް ކުރުމަށެވެ. ފިރިހެނަކު ޖަނަވާރަކާއެކުވެސް ޖިންސީ ޢަމަލެއް ކޮށްފިނަމަވެސް ލިވާތުކަމުގައި ބެލެވޭނެއެވެ. އަދި މިއީ އިސްލާމްދީނުގައި ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ނުބައިކަން ބޮޑުވެގެންވާ، މުޑުދާރު ފާފައެކެވެ.

ލިވާތުކުރުމަކީ ޒިނޭ ކުރުމަށްވުރެއް ހަޑި މުޑުދާރުކަމެއްގެ ގޮތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ލައްވަވާފައިވަނީ އެކަލާންގެ ކާއިނާތުގައި ލައްވާފައިވާ ފިތުރަތު އެކަމުގެ ސަބަބުން ބަދަލުކޮށްލެވޭތީއެވެ. މާތްﷲ ފިރިހެނުންނަށްޓަކައި ލެއްވެވީ އަންހެނުންނެވެ. އަންހެނުންނަށްޓަކައި ލެއްވެވީ ފިރިހެނުންނެވެ. އަދި އެ ދެމެދުގައި ކައިވެނި ޝަރުޢު ކުރައްވާ ޒިނޭ ހަރާމްކުރެއްވި އިރު ފިރިހެނުންނާ ފިރިހެނުން ގުޅުން ހިންގުމުގެ ނަތީޖާ މާޒީގެ ސަފްހާތަކުން އަޅުގަނޑުމެންނަށް ކިޔައިދޭނެއެވެ.

ސަދޫމް ނެތިކުރެވިގެން ދިޔައީ ކީއްވެކަން އިނގޭތަ؟

އަހަރެމެންގެ މާތް ނަބިއްޔާ ލޫތު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ކަމުގައިވާ ސަދޫމްގެ މީހުން ނެތިކުރެއްވިގެން ދިޔައީ ލިވާތު ކުރުން އާއްމުވުމުގެ ސަބަބުންނެވެ. ލިވާތު މި ލަފްޒުވެސް އުފެދިފައިވަނީ އެ ޒަމާނުގައެވެ. ސަބަބަކީ މި ޢަމަލު އެއްމެ ފުރަތަމަ ކުރި ބަޔަކީ ލޫތު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންނަށް ވުމެވެ.

ލިވާތުކުރުން އެބައިިމީހުންގެ ތެރޭ އާއްމުވެގެން ދިޔުމާއެކު ދުވަހަކުވެސް އެބަޔަކަށް ނުދެއްވާފަދަ ބޮޑު އުޤޫބާތެއް އެބައިމީހުންނަށް ﷲ ސުބުހާނަހޫ ވަަތަޢާލާ އެބައިމީހުންނަށް ކުރިމަތި ކުރުވިއެވެ. އެބައިމީހުންގެ ރަށްތައް އުޑާ ހަމައަށް އުފުއްލަވާ، އަނެއް ފުށަށް ވައްޓާލެވުނެވެ. އަދި އެ ރަށްތަކުގެ މައްޗަށް އެކަލާންގެ ވަރުގަދަވެގެންވާ ހިލާގެ ވާރޭ ވެއްސެވިއެވެ. އަދި މަލާއިކަތުން ފޮނުއްވާ އެ ޤައުމު ބަންޑުން ޖައްސަވާ ނެތިކުރެއްވިއެވެ.

ލިވާތުކުރުމުގެ ހުކުމް!

މާތް ﷲ ރުއްސުންލެއްވި އަބްދުﷲ ބުން އައްބާސްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. ”ލޫތު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ކުރި ޢަމަލު މީހަކު ކުރާތަން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެކަން ކުރި މީހާ އާއި އެކަންކުރެވުނު މީހާވެސް ގަތުލު ކުރާށެވެ. އަދި ޖަނަވާރަކާއެކު އެފަދަ ޢަމަލެއް ކުރަނިކޮށް ފެނިއްޖެނަމަ އެމީހާއާއި އަދި އެ ނަޢަމްސޫފިވެސް ގަތުލުކުރާށެވެ. ”

ލިވާތުކުރާ މީހާ ގަތުލު ކުރާނީ ކިހިނެތް!

ލިވާތުކުރާ މީހާ ގަތުލުކުރަން ޖެހުމާމެދު އެއްވެސް އިޚްތިލާފް ތަކެއް ނުވެއެވެ. ނަމަވެސް ލިވާތު ކުރާ މީހާ މަރާލާނެ ގޮތާމެދު ޚިލާފްތަކެއްވެއެވެ.

1. އަބޫބަކުރުގެފާނު ވިދާޅުވަނީ ލިވާތުކުރާ މީހާ ފަރުބަދައެއްގެ މައްޗަށް ގެންގޮސް ވައްޓާލާނީ ކަމަށެވެ.

2. ޢަލީގެފާނު ވިދާޅުވަނީ ލިވާތުކުރާ މީހާ ފާރެއްގެ ބުޑަށް ގެނައުމަށްފަހު އެ ފާރު އޭނާގެ ގައިމައްޗަށް ވައްޓާލާ މަރާލާށެވެ،

3. އަބްދުﷲ ބުން ޢައްބާސް ވިދާޅުވަނީ ހިލައިން ތަޅާ ލިވާތުކުރި ދެމީހުންވެސް މަރާލާށެވެ. ރަޖަމުކުރާށެވެ.

ލިވާތުކުރުމަށް ހިތްވަރު ދޭ މީހާ!

ކީރިތި ޤުރުޢާނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީ ކުރއްވާފައިވެއެވެ.

”ތިމަން ރަސްކަލާންގެ ލޫތުގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވީހޭ، އެކަލޭގެފާނުގެ އަނބިކަނބުލޭގެ ފިޔަވައި ”

ﷲ ސުބުހާނަހޫ ވަތަޢާލާ މިފަދައިން ވަހީކުރައްވާފައި އެވަނީ ލޫތުގެފާނުގެ އަނބިކަނބަލުން އެފަދަ ޢަމަލެއް ކުރުމަކުން ނޫނެވެ. އެއީ އެކަމަނާ ދިޔައީ ލިވާތުކުރުމަކީ އިންސާނީ ހައްޤެއްކަމަށްބުނެ އެކަން ކުރުމަށް ހިތްވަރު ދެމުންކަމުގައި ވާތީއެވެ. އެކަން މަނާކުރުމެއްނެތި، ނަހީނުކޮށް، އެކަމުގައި މީހުންނަށް ބާރުދިން މީހަކަށް ވާތީއެވެ. އެހެންކަމުން ދޭހަވަނީ ލިވާތުކުުމަށް ހިތްވަރުދިނުމުގެ ނުބައިކަމެވެ.

ބިރުވެތިވެ މިފަދަ ފާފަތަކުން ދުރުވަމާ!

ހަލާލުގޮތުގައި ޝަރުޢީ ހަމަތަކާއެކު ޖިންސީ އެދުންވެރިކަން ހާސިލްކުރެވޭނެ މަގެއް މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާއިރު ލިވާތު ކުރުންފަދަ ނަޖިސްކަން ބޮޑުވެގެންވާ ފާފަތަކުން ދުރުވަމާހިނގާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ދުނިޔޭގެ އުފަލާ ކުރިއެރުމަށް ވިސްނާފަދައިން އާޚިރަތް ހަނދުމަނެތިކޮށްނުލާށެވެ. ވަގުތީ ދުނިޔެ ދޫކޮށް ދާއިމީ ގޮވައްޗެއް އޮތްކަން ދަނެ އެފަދަ ފާފަތައް ކުރުމަށް ބިރުވެތިވާށެވެ. ކުޑަ ހިނދުކޮޅެއްގެ އުފަލަށް ތިމާގެ ދެދުނިޔެ ގެއްލުވާނުލާށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 5%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: