ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފި

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ހުންނަވަނިކޮށް، ބަޔަކު ވަދެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންފިއެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގަތީ ދަރިކަނބަލުންނާއި އެކު ހުންނަވަނިކޮށެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ގޮސްފައިވާކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ކަށަވަރުކޮށްދީފަ އެވެ.

“ސަންގު” އާއި މައުލޫމާތު ހިއްސާ ކުރި މެމްބަރަކު ވިދާޅުވީ، މިއީ ރާވައިގެން ބަޔަކު ކުރުވިކަމެއްކަން ސާފުވާކަމަށާއި، ބައެއްގެ ތެރެއިން ރެސްޓޯރަންޓަކަށް ވަދެ ހަމައެކަނި ރައީސް ނަޝީދުގެ ފޯނު އަތުލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަމައެކަނި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދަވާފައިވާ ރައީސް ނަޝީދު، ވަނީ ދާދިފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ސަރުކާރުގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާއި، ބައެއް އިސްވެރިނާއި އެ މީހުންގެ އާއިލާގެ މީހުންގެ މައްޗަށް ކުރެވިފައި ހުރި ޖިންސީ ގޯނާގެ މައްސަލަތަކެއް އޮއްބާލީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންތަކަށް އެންގެވުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައިސް ނަޝީދު ވަނީ ކައިވެނިން ބޭރުން ގުޅުން ހިންގުމާއި، ބަނގުރާ ބުއިން ފަދަ ކަންކަމުގައި ބައިވެރިވެ ޝާމިލުވާ މީހުން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އަދި ރައީސް ސޯލިހު ވެސް އަންހެނަކާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިފައިވާތީ، އެ ފުލުހަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ.

ނާޒިމް ހައްޔަރު ކުރުމާއި ކަންކަން ހިނގައި ދިޔައީ ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. އަދި ސީޝެލްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނުގެ ފޯނު ޖަހައިގެންފައި ވަނީ ދަރިކަނަބަލުން މީރާއާއި އެކު ރެސްޓޯރެންޓެއްގައި އިންވަނިކޮށެވެ.

މި މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ މިއީ އިއްތިފާގެއް ނޫންކަމަށް ބުނަމުންނެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމާއި، އެމަނިކުފާނަށް ފޮޓޯތައް ލިބިފައިވާކަމަށް ވިދާޅުވި ވާހަކައާއި ފޯނު ޖަހައިގަތުން ގުޅިފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: