ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް، ސިފައިންނަށް: ރައީސް ނަޝީދުގެ ސެކިއުރިޓީއަށް މިވަނީ ކިހިނެއް؟

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ވަމުންދާ ގޮތާއި މެދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވާފިއެވެ.

ރައީސް ނަޝީދު ޔޫކޭގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށް އެމަނިކުފާނުގެ ފޯނު ވަގަށް ނެގުމާއި ގުޅިގެން ޓުވީޓު ކުރައްވާ އާދަމަ ޝަރީފް ވިދާޅުވީ އެމަނިކުފާނުގެ ބޮޑީ ގާޑުން ކޮބައިތޯ ކަމަށާއި އެވަރުގެ ސެކިއުރިޓީއަކާއެކު ނަޝީދު ކިޑްނެޕް ނުކުރާނެކަން ޔަޤީންތޯ އައްސަވާ އާދަމް ޝަރީފް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ފިލީކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގުރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އަދި އީވާއަށް އެކަން އަންގާފައިވަނީ ނަޝީދުގެ ދަރިކަނބަލުން މީރާ ލައިނާ ނަޝީދުއެވެ. ދަރިކަނބަލުން މީރާގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ނަޝީދުގެ ނަންބަރު ބްލޮކް ކޮށްލަ ދެއްވުމަށެވެ. އީވާ ވަނީ އެމެސެޖު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޯވާޑް ކޮށްފައެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެފައި މިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: