ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫ ހަމަނުޖެހުން: ހަ މީހަކު ފުލުހުންގެ ހައްޔަރަށް!

ކުޑަހުވަދޫ އެއާޕޯޓަށް ވަންނަ ގޭޓު ޓިނު ޖަހައި ބަންދުކޮށްފައި-- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދު ފޭސްބުކް ޕޭޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ދ ކުޑަހުވަދޫގައި ބަލި މީހަކު ގޮވައިގެން މަންޓާ އެއަރލައިނުން ދަތުރު ނުކޮށްދިން މައްސަލައިގައި އެރަށުގައި ކުރި މުޒާހަރާގައި ހަ މީހުން ހައްޔަރުކޮށްފިއެވެ.

ކުޑަހުވަދޫގައި ކުރި މުޒާހަރާއާއި ގުޅިގެން ރޭގެ ވަގުތެއްގައި ހަ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 31 އަހަރުގެ ދެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެފފިރިހެނުންގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.

އެމީހުންގެ ތެރެއިން ހަތަރު މީހަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު ބާކީ ތިބި ދެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދަށް ގޮސް ބަޔަކު ހަމަނުޖެހުން ހިންގަން ފަށާފައިވަނީ އެ ރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ދިމާވުމުން ނަމަވެސް ޒުވާނާ ފުރުވާލި ފަހުން ވެސް ހަމަނުޖެހުންތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބަލި މީހާ މާލެ ގެނެސްފައިވަނީ  މޯލްޑިވިއަން އެއާލައިންގެ އެހީގަ އެވެ. އޭގެ ފަހުން ވެސް ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ފުލުހުންނާއި އާއްމުންގެ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެއެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ރަށު ރައްޔިތުން ވަނީ އެއާޕޯޓަށް ނުވަދެވޭނެހެން ތަން ބަންދުކޮށްފައެވެ.

އެކަމާއި ގުޅިގެން މަންޓާ އިން ބުނެފައިވަނި އެ ކުންފުނީގެ މަތިންދާ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ބަލިމީހުން އުފުލުމުގައި ބޭނުންކުރާ ސްޓްރެޗާ އެރުވޭ ގޮތަށް ނޫންކަމަށާއި އެހެންކަމުން ބަލިމީހުން  މަތިންދާ ބޯޓުގައި ނުއުފުލޭނެ ކަމުގައި މަންޓާ އިން ވަނީ ބުނެފައެވެ. ނަމަވެސް ބަލިމީހުން އުފުލަނީ އެކުންފުނީގެ ސީޕްލޭންތަކުގައި ކަމަށް ވެސް މަންޓާއިން ވަނީ ބުނެފައެވެ.

ކުޑަހުވަދޫގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން މަންޓާއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެކަމަކީ ބަޔަކު ސަރުކާރަށް ޖެއްސުމަށް ނުވަތަ ކުންފުންޏަށް ގެއްލުމެއް ދިނުމަށް ކުރާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މަންޓާ އަށާއި ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: