ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ކުޑަހުވަދޫ އެއާޕޯޓަށް ވަންނަ ގޭޓު ޓިނު ޖަހައި ބަންދުކޮށްފައި-- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދު ފޭސްބުކް ޕޭޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ދ ކުޑަހުވަދޫގައި މަންޓާ އެއަރ އާއި ދެކޮޅަށް ކުރި މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ކުޑަހުވަދޫގައި ރައްޔިތުން މުޒާހަރާ ކުރަން ފެށިފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ހާލު ދެރަވި ބަލިމީހަކު މަންޓަރ އެއަރ އިން ފޮނުވާލަ ނުދިނުމާއި ގުޅިގެންނެވެ.

ކުޑަހުވަދޫގެ ގިނަ ރައްޔިތުން ވަނީ އެމައްސަލައިގައި އެއަރޕޯޓް ހުންނަ ސަރަހައްދަށް ގޮސް އަޑުގަދަކޮށް މުޒާހަރާކޮށް އެއަރޕޯޓުން ބޭރަށް ނުވަދެވޭ ގޮތަށް މަގު ކޮނެ ޓިނުވެސް ޖަހާފައެވެ.

އެކަމާއިގުޅިގެން ބައެއް ދަތުރުތައް ކެންސަލްވެ އެއަރޕޯޓްގެ އޮޕަރޭޝަންވެސް ހުއްޓުމަކަށް ގޮސްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖެހުމުން ފުލުހުންނާއި ދިމާލަށް ގަލާއި ވެލި އުކާފައެވެ.

މުޒާހަރާ ކުރި ފަތާތްތަކުން މަންޓާއިން ބަލި  މީހުން އުފުލޭނެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާތީ އެކަމާއި ހިތްހަމަ ނުޖެހުން ވަނީ ފާޅުކޮށްފައެވެ.

އެކަމާއި ގުޅިގެން މަންޓާއިން ކުޑަހުވަދޫ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވަނީ ބަލިމީހުން އުފުލައި ދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށްގެންދާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: