ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި ހޯމް މިނިސްޓްރީގެ މުވައްޒަފު ވެސް ސަސްޕެންޑުކޮށްފި

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ އަލަމްގިރި.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރިއާ އެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުންހިންގި މައްސަލައިގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ މުވައްޒަފުގެ އިތުރުން އެ މައްސަލައިގައި ޓީޗަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަލަމްގިރިއާއެކު ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އިރު އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނެއެވެ.

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ނޫސްވެރިޔާ އަބްދުﷲ ނަސީރު ހިމެނެއެވެ.

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް 250 ހެއް ހާ މީހުން ހިމެނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ލީކުވެފައިވާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މައްސަލަ ބަލާ ތަހުގީގުކޮށް ކޯޓަށް ހުށަހެޅި އަދުލުވެރި ޙުކުމެއްގެ އިންތިޒާރުގައި މިތިބީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: